English Edition
Dhivehi Edition

އޮގަސްޓް 13 އިން ފެށިގެން 14 އާއި ހަމައަށް ޙާއްސަ ދީނީ ދަރުސްތަކެއް ގއ އަތޮޅު ބަައެއް ރަށްތަކުގައި ދޭން ފަށައިފިއެވެ.

މިމަހު 13 ވަނަ ދުވަހުން ފެށިގެން 14 ވަނަ ދުވަހުގެ ނިޔަލަށް ގއ އަތޮޅުގެ 5 ރަށެއްގައި ދީނީ ދަރުސް ދިނުމުގެ ޙާއްސަ ޕްރޮގްރާމް ތަކެއް ދަނީ ކުރިއަށް ދަމުންނެވެ. އެގޮތުން ހުކުރުދުވަހު މި ޕްރޮގްރާމް އެ އަތޮޅުގެ 4 ރަށެއްކަމުގައިވާ ގއ ވިލިނގިލި، ގއ މާމެންދޫ، ގއ ދާންދޫ އަދި ގއ ކޮލަމާފުށީގައި ދަރުސް ދިނުން ކުރިއަށް ގެންގޮސްފަައިވާއިރު، އިއްޔެ މެންދުރު ނަމާދަށްފަހު ގއ ނިލަންދޫގައި ދީނީ ދަރުސް ދިނުން ވަނީ ކުރިއަށް ގެންގޮސްފައެވެ.

ގއ އަތޮޅު ރަށްތަކުގެ ދީނީ ދަރުސް ކުރިއަށް ގެންގޮސްފައިވަނީ އާންމު ރައްޔިތުންނަށާއި ސްކޫލް އިން ކިޔަވާ ގްރޭޑް 8 އިން ފެށިގެން 12 އާއި ދެމެދުގެ ދަރިވަރުންނާއި އަދި ބެލެނިވެރިންނަށެވެ. މިގޮތުން އެރަށެއްގެ މިސްކިތްތަކުގައި އާންމު ރައްޔިތުނަށް ދަރުސް ކުރިއަށް ގެންގޮސްފައިވާއިރު ދަރިވަރުންނާއި ބެލެނިވެރިންނަށް ކުރިއަށް ގެންގޮސްފައިވަނީ އެ ރަށެއްގެ ސްކޫލްގައެވެ.

އިސްލާމިކް މިނިސްޓްރީ އާއި އަތޮޅު ކައުންސިލް އަދި ރަށު ކައުންސިލްގެ ބައިވެރިވުމާއި އެކު ކުރިޔަށް ގެންދާ މި ޕްރޮގްރާމްގައި ދަރުސް ދެއްވައިފައިވަނީ ޝެއިޙް ނިމާލް މުޙައްމަދު، ޝެއިޙް މުޙައްމަދު މަންސޫރު، އަދި ޝެއިޙް އަލީ ޒައިދުއެވެ.