English Edition
Dhivehi Edition

ގއ ވިލިނގިލީގެ މިސްކިތްތަކަށް އިމާމުން ހޯދުމަށް އިޢުލާން ކޮށްފިއެވެ.

ގއ ވިލިނގިލީ ކައުންސިލް އިދާރާއިން މިއަދު ގެޒެޓްކޮށްފައިވާ އިއުލާނެއްގައި ބުނެފައިވާ ގޮތުގައި ވޭޖް އެމްޕްލޯއިމެންޓުގެ ގޮތުގައި 06 އިމާމަކު ބޭނުންވާ ކަމަށާއި މައިގަނޑު މަސްއޫލިއްޔަތު ގޮތުގައި އެރަށުގެ މިސްކިތްތަކުގައި ފަރުޟު ފަސްނަމާދު އިމާމްވެ ކުރުމާއި ކޮންމެނަމާދެއްގެ ވަގުތު ޖެހުމުގެ ކުރިން މިސްކިތަށްގޮސް މިސްކިތުގެ ކަންކަންބަލާ ރަނގަޅުކުރަންޖެހޭ ކަންތައްތައް ރަނގަޅުކުރުމާއި ފަރުޟު ފަސްނަމާދުގެ ވަގުތުގައި ބަންގިގޮވުމާއި އިމާމްވެ ނަމާދުކުރުން ހިމެނޭ ކަމަށެވެ.

ހަމައެހެންމެ މަސައްކަތުގެ އުޖޫރައިގެ ގޮތުގައި، މަސައްކަތާއި ގުޅޭދާއިރާއަކުން ސަނަދެއް/ ސެޓްފިކެޓެއް އޮތް ބޭފުޅެއްނަމަ ކުރާކޮންމެ ނަމާދަކަށް 61.00ރ (ފަސްދޮޅަސް އެއްރުފިޔާ)، އަދި މަސައްކަތާއި ގުޅޭ ދާއިރާއެއްގެ އެއްވެސް ސަނަދެއް/ ނުވަތަ ސެޓްފިކެޓެއް ނެތްނަމަ ، ކުރާކޮންމެނަމާދަކަށް 53.00ރ (ފަންސާސް ތިންރުފިޔާ) ގެ އުޖޫރައެއް ދިނުމަށް ވަނީ ހަމަޖެހިފައި އެވެ.

މި މަޤާމަށް ނަގާ އިމާމުންގެ މަޤާމުގެ ޝަރުތެއްގެ ގޮތުގައި އިމާމުވެ ނަމާދު ކުރަން އެނގޭ އަދި އިމާމްވެ ނަމާދު ކުރެވޭ ވަރަށް ތަޖުވީދުގެމަގުން ކީރިތި ޤުރުއާން ކިޔަވަން އެނގޭ މީހަކަށް ވާން ޖެހެއެވެ.

މި މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި (16 އޮގަސްޓް 2021) ގެ (13:30) ގެ ކުރިން، (ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ ކައުންސިލްގެ އިދާރާ) އަށް ހުށަހެޅުމަށް އެދިފައިވެއެވެ. ވަޒީފާއަށް އެދޭ ލިޔުންތައް ([email protected] )އީމެއިލް މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެ ކަމަށް އިއުލާނުގައިވެއެވެ.

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 19 އޮގަސްޓް 2021 ން 24 އޮގަސްޓް 2021 އާ ދެމެދު، ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ ކައުންސިލްގެ އިދާރާ ގައެވެ.