English Edition
Dhivehi Edition

މީޑިއާނެޓް އޮރިޖިނަލްސް ވެބް ސީރީޒް ”ގާރލް ފްރެންޑްސް“ގެ ޓްރެއިލަރ މީޑިޔާނެޓްގެ އޮޓީޓީ ޕްލެޓްފޯމްތަކުގައި ދައްކަން ފަށައިފިއެވެ.

ވެބް ސީރީޒް “ގާރލް ފްރެންޑްސް”ގައި ދައްކުވައިދެނީ މާލޭގެ ކުޑަކުޑަ ކޮޓަރިއެއް ކުއްޔަށް ނަގައިގެން އެކުގައި ދިރިއުޅެމުން އަންނަ ތިން އަންހެން ކުދިންގެ ދިރިއުޅުމަށް ކުރިމަތިވާ ކަންތަކެކެވެ.

”ގާރލް ފްރެންޑްސް“ގެ ޓީޒަރ އެއް މީގެ ކުރިން ރިލީޒްކޮށްފައިވާއިރު، އެޓީޒާގައި ފެނިގެންދަނީ އޯފް ސްކްރީނުގައި އަންހެން ކުއްޖެއް ވާހަކަ ދައްކާ އަޑެވެ. ރާއްޖޭގައި ރަހުމުކުޑަކޮށް މަރާލާފައިވާ ފަރާތްތަކެއްގެ ވާހަކައާއި އެ ކަންކަމަށް އެއްވެސް އިންސާފެއް ލިބިފައި ނުވާ ވާހަކަ އެކުއްޖާ ބުނެފައިވެއެވެ.

މިސީރީޒްގައި ފެނިގެންދާ ކުޅަދާނަ ފަންނާނުންގެ ތެރޭގައި ޢާއިޝާ ޢަލީ، މައިހާ، ޢާއިޝަތު ލަހުފާ (ލަހޫ) ގެ އިތުރުން އަޙްމަދު ޝާރިފް ލީޑު ރޯލުން ފެނިގެންދާނެއެވެ.

މިސީރީޒްގެ ކޮންސެޕްޓް އަދި އާޓް ޑައިރެކްޝަން ހެދީ ތިއޭޓަރ އާޓްސް އާއި އެކްޓިން ކިޔަވައިގެން ހުރި ހުނަރުވެރި ފަންނާނު މުޙައްމަދު މުންތަސިރު (މުންކޮ)އެވެ. މިއީ މަހުދީ އަހުމަދުގެ ސްކްރީންޕްލޭއަކަށް ތައްޔާރުކޮށްފައިވާ ސީރީޒްއެކެވެ. އަދި ކެމެރާމަން އަދި ޑައިރެކްޓަރ އިބްރާހީމް ވިސާން (ކަނޑި) ގެ ހުނަރު މިވެބް ސީރީޒްއިން ފެނިގެންދާނެއެވެ.

 

 

1 ކޮމެންޓް
ާައައްޑޫ
އޮގަސްޓް 4, 2021
ތީ ޓަގަރި މައި އުޅޭ ފިލްމެއް..ވަރަށް ފޫހި