English Edition
Dhivehi Edition

މިއަހަރުގެ ދެވަނަ ކުއާޓަރުގައި އުރީދޫއަށް ސާފު ފައިދާގެ ގޮތުގައި 97.6 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

އުރީދޫއިން އާންމުކުރި މާލީ ހިސާބުތަކުން ދައްކާ ގޮތުގައި އަހަރުގެ ދެވަނަ ކުއާޓަރުގައި އެ ކުންފުންނަށް ވަނީ 423 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައެވެ. މި އަހަރުގެ ދެވަނަ ކުއާޓަރުގައި މޯބައިލް ހިދުމަތްތަކުން 320 މިލިއަން ރުފިޔާ ލިބުނު އިރު ފިކްސްޑް، ބްރޯޑްބޭންޑު އަދި އެންޓަޕްރައިސް ހިދުމަތްތަކުން 102 މިލިއަން ރުފިޔާވަނީ ލިބިފައެވެ. އަދި އެހެނިހެން ހިދުމަތްތަކުން 187،000 ރުފިޔާ ވަނީ ލިބިފައެވެ.

ދެވަނަ ކުއާޓަރުގައި ޓެކުހަށް ކެނޑުމުގެ ކުރިން އުރީދުއަށް 115 މިލިއަން ރުފިޔާ ލިބިފައިވާއިރު، ސާފު ފައިދާގެ ގޮތުގައި ލިބުނީ 97 މިލިއަން ރުފިޔާ އެވެ.

ދެވަނަ ކުއާޓާރުގައި އުރީދޫއަށް ލިބުނު އާމްދަނީ ފުރަތަމަ ކުއާޓަރުގެ އާމްދަނީއާ އަޅާބަލާއިރު 5.3 ޕަސެންޓު ދަށްވި ނަމަވެސް، މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރާ އަޅާބަލާއިރު 3.3 ފަސެންޓް ވަނީ އިތުރުވެފައެވެ.

ޓެގު