English Edition
Dhivehi Edition

ފުވައްމުލަކު ސިޓީގެ ކަރަންޓުގެ ނިޒާމަށް ދިމާވި މައްސަލަ ހައްލު ކުރުމުގެ ގޮތުން އައްޑޫ ސިޓީން ޓްރާންސްފޯމަރެއް އެ ސިޓީއަށް ގެންދިއުމުގެ މަސައްކަތް ފެނަކައިން ފަށައިފިއެވެ،

ރޭ ފަތިހު ފުވައްމުލަކަށް ދިމާވި ކަރަންޓް މައްސަލައާއި ގުޅިގެން އެ ސިޓީގައި އެއްކޮށް ފެނާއި ކަރަންޓު ނުކެނޑުނު ކަމުގައި ވިޔަސް، 80 ޕަސެންޓް ސަރަހައްދުގެ ފެނާއި ކަރަންޓް ވަނީ ކެނޑިފައެވެ. ފުވައްމުލައް ސިޓީގެ ފެނާއި ކަރަންޓް ކެނޑުނީ މެއިން ޓްރާންސްފޯމާގައި މައްސަލައެއް ޖެހިގެންނެވެ.

އެ ސިޓީގެ ފެނާއި ކަރަންޓުގެ މައްސަލައަށް މިހާރު ވަގުތީ ހައްލެއް ލިބިފައިވާއިރު، ލޯ ވޮލްޓޭޖުގައި ފުވައްމުލަކުގެ ބައެއް ގޭގެ އަށް ކަރަންޓު ވަނީ ދީފައެވެ. އަދި ފެނަކައިން ވަނީ މިވަގުތު ކަރަންޓު ބޭނުން ކުރުމުގައި ކޮންމެހެން ބޭނުން ކުރަންޖެހޭ އާލާތްތައް ފިޔަވައި އެހެން އެއްވެސް އެއްޗެއް ބޭނުން ނުކުރުމަށް އިލްތިމާޒުކޮށްފައެވެ.

މިހާރު އައްޑޫގެ ޓްރާންސްފޯމަރެއް ފުވައްމުލަކަށް ގެންދިއުމުގެ މަސައްކަތް ފެނަކައިން ކުރަމުން އަންނައިރު މި މައްސަލަ ހައްލު ކުރުމަށް ގާތްގަނޑަކަށް 12-10 ގަޑިއިރު ނަގާނެއެވެ.