English Edition
Dhivehi Edition

ކ.ގަމަރުގިރި ކައިރީ އޮންނަ ދަ ރިޓްޒް ކާލްޓަން ސްޕާ ރިސޯޓުގެ ވޯޓަރ ވިލާ ކޮޓަރިއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފް އިން ބުނީ ކ.އަތޮޅު ރިސޯޓެއްގައި އަލިފާނުގެ ޙާދިސާއެއް ހިނގައިގެން އުޅޭކަމުގެ މައުލޫމަތު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އަށް ލިބިފައިވަނީ މިއަދު މެންދުރު 12:29 ހާއިރުކަމަށެވެ. ޙާދިސާގެ މަޢުލޫމަތު ލިބިމާއެކު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ފަޔަރ މަނުން ޙަދިސާ ހިނގި ސަރަޙައްދަށް ގޮސްފައިވެއެވެ.

މި ޙާދިސާގައި ރޯވެފައިވާ އަލިފާންގަނޑު، ރިސޯޓް މުވައްޒަފުންގެ މަސައްކަތުން ނިއްވާލެވުނީ 13:25 ހާއިރު އެވެ. އަލިފާނުގެ ޙާދިސާ ގައި އެ ރިސޯޓުގެ ވޯޓަރ ވިލާ ރޫމުގެ ފާހާނާއިގެ އިތުރުން އެ ރޫމުގެ ސީލިންގުގެ 50 ޕަސެންޓް ވަނީ އަނދާފައެވެ.

މި ޙާދިސާގައި ވޯޓާ ވިލާ ރޫމަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވެއެވެ.