English Edition
Dhivehi Edition

ގެއްލިގެން ހޯދަމުންދާ އދ. ކުނބުރުދޫ ފެހިގެ، އަހުމަދު ނައުފަލް(26އ) އަދިވެސް ހޯދިފައިނުވާ ކަމަށް ފުލުހުން މިއަދު ވިދާޅުވެއްޖެއެވެ.

ނައުފަލް އްލިގެން ހޯދަމުން ދަނީ މި މަހުގެ 26 ވަނަ ދުވަހުން ފެށިގެންނެވެ.

ކަންނެލި ދޯންޏެއްގައި މަސައްކަތްކުރާ ނައުފަލް މާލެ އައީ އޭނާ މަސައްކަތްކުރާ ދޯންޏެއް ކަމުގައިވާ ‘ޒިކުރާ3’ ދޯނީގެ ވަތައް ވެއްޓި ފަޔަށް ލިބުނު އަނިޔާއަކަށް ބޭސްކުރުމަށެވެ ނައުފަލް މިދިޔަ ހަފުތާގައި މާލެ ގޮސްފައިވާއިރު އޭނާ އުޅެމުން އައީ ރައްޓެއްސަކާއެކު މާލޭގައި ކަމަށް އާއިލާއިން ވަނީ ބުނެފައެވެ

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ނައުފަލް ހޯދުމުގެ މަސައްކަތް ފުލުހުން ކުރިއަށް ގެންދާކަމަށާއި އެހެންނަމަވެސް އަދި މިހާތަނަށް އޭނާގެ އެއްވެސް މައުލޫމާތެއް ލިބިފައިނުވާކަމަށެވެ،

ނައުފަލް އާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ލަސްނުކޮށް އެ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އަށް ގުޅުއްވައި ހިއްސާކޮށް ދިނުމަށް ފުލުހުން ވަނީ އެދިފައެވެ.