English Edition
Dhivehi Edition

ގދ. އަތޮޅުން މިއަދު ކޮވިޑް-19 އަށް ފައްސިވީ 10 މީހެކެވެ.

ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުން ހާމަކޮށްފައިވާ ގޮތުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ގދ. އަތޮޅުން ފައްސިވި 10 މީހުންނަކީ ނަޑެއްލާއިން ފައްސިވި 06 މީހުންނާއި ތިނަދޫ 04 މީހުންނެވެ. މިއާއެކު ގދ. އަތޮޅުން މިވަގުތު ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ އަދަދު މިވަނީ 224 އަށް އަރާފައެވެ.

މިވަގުތު ނަޑެއްލާގައި 173 މީހުންނާއި ތިނަދޫގައި 51 މީހުން ވަނީ ބައްޔަށް ފަރުވާ ހޯދަމުންނެވެ. ގދ. އަތޮޅުން މިހާތަނަށް 1،135 މީހުން ބައްޔަށް ފައްސިވެފައިވާ އިރު 909 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.