English Edition
Dhivehi Edition

އަދާލަތު ޕާޓީއަށް ސޮއިކުރާ ކޮންމެ މެމްބަރަކަށް ފައިސާ ދޭކަމަށް ފެތުރޭ ވާހަކަތައް އެޕާޓީން ދޮގުކޮށްފިއެވެ.

އަދާލަތު ޕާޓީއަށް 10,000 މެމްބަރުން ހަމަކުރުމަށް އެ ޕާޓީން ހިންގާ ހަރަކާތުގެ ތެރެއިން ސޮއިކުރާ ކޮންމެ މީހަކަށް ފައިސާ ދޭކަމަށް ބުނެ ދައްކަމުންދާ ވާހަކަތައް ދޮގުކޮށް އެ ޕާޓީން ބުނީ އެ ޕާޓީ އަކީ ރާއްޖޭގެ އެހެން ޕާޓީތަކާއި ހިލާފަށް ވިޔަފާރިވެރިން ހަރަދުކޮށްގެން ހިންގާ ޕާޓީއެއް ނޫންކަމަށެވެ. އަދި ޕާޓީއަށް މެމްބަރުން އިތުރުކުރުމަށްޓަކައި އެއްވެސް މީހަކަށް ފައިސާދީފައި ނުވާނެކަމަށް އަދާލަތުން ވަނީ ބުނެފައެވެ،

އިތުރަށް އަދާލަތު ޕާޓިން ބުނީ އެ ޕާޓީގެ ކަންކަން ހަމަޖައްސަނީ ދައުލަތުން ޕާޓީތަކަށް ދޭ އިނާޔަތުގެ ދަށުންކަމަށެވެ. އަދި މިހާރު އަދާލަތު ޕާޓީގެ އެންމެ ބޮޑު އަމާޒަކީ އަންނަ އަހަރަށް ދައުލަތުގެ ބަޖެޓު ފާސްކުރުމުގެ ކުރިން މެމްބަރުންގެ އަދަދު ހަމަކުރުންކަމަށް އެ ޕާޓީންވަނީ ބުނެފައެވެ.

މީގެ އިތުރުން އެ ޕާޓީން ބުނީ އަބަދުވެސް އަދާލަތުން، އަދުލު އިންސާފުގެ މައްޗަށް ބިނާވެގެންވާ ސިޔާސީ އިޖްތިމާއީ އަދި އިގްތިސޯދީ ނިޒާމެއް ރާއްޖޭގައި ގާއިމުކޮށް އެ ނިޒާމް ހަރުދަނާ ކުރުމަށް މަސައްކަތް ކުރަމުން އަންނާނެ ކަމަށެވެ.