English Edition
Dhivehi Edition

ބ. ފުޅަދޫގައި މޫދަށް އެރި އުޅުނު ދިވެއްސަކު ނިޔާވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން، އެ ރަށުން މޫދަށް އެރި އުޅެނިކޮށް ގެނބިގެން ނިޔާވީ، ޗުއްޓީއަށް ގޮސް އުޅުނު ބަޔެއްގެ ތެރޭގައި ހިމެނޭ މީހެެކެވެ

މިއަދު މެންދުރު ފަހު 1:10 ހާއިރު ހިނގި މި ހާދިސާގައި ނިޔާވީ އުމުރުން 38 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ބ.ފުޅަދޫގައި ގެނބިގެން މީހަކު ނިޔާވެފައިވާއިރު، ޅ. ކުރެންދޫ ކައިރީގައި އޮންނަ މަޑުއްވަރީ ނަމަކަށް ކިޔާ ފަޅު ރަށަކަށް ދަތުރު ގޮސް އުޅުނު މީހުންގެ ތެރެއިން އަންހެނަކު ގެނބިގެން އޭނާ އަށް އަންނަނީ ފަރުވާދެމުންނެވެ.