English Edition
Dhivehi Edition

ރޭ މެންދަމު، ހުޅުމާލޭގައި ބާރުގަދަ އަޑެއް އިވުނީ ވެލްޑިން ކުރަން އުޅުމުގެ ތެރޭގައި ހިނގި ހާދިސާއަކާއި ގުޅިގެންކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ ހުޅުމާލޭ ބޯގަންވިލާ މަގު ސަރަހައްދުގައި ރޭ 00:35 ކަންހާއިރު ބާރުގަދަ އެއްޗެއް ގޮވި އަޑުއިވުމާއި ގުޅިގެން އެ ސަރަހައްދުގައި ފުލުހުންނާއި ސިފައިން ހަރަކާތްތެރިވެފައިވާކަމަށެވެ.

މި ހާދިސާ އާއި ގުޅިގެން ސަރަހައްދުގެ މީހުންނާއި ސުވާލުކޮށްފައިވާއިރު މިހާތަނަށް ބެލި ބެލުމުން ބާރުގަދަ އަޑެއް އިވިފައި ވަނީ ހުޅުމާލޭ ލޮޓް ނަމްބަރު 1138 ގެ ޓެރެސް މަތީގައި ވެލްޑިން ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ހިނގި އެކްސިޑެންޓެއްގައިކަމަށް ފުލުހުންވަނީ ހާމަކޮށްފައެވެ،

ހުޅުމާލޭގައި ބާރުގަދަ އެއްޗެއް ގޮވައިފި

ޓެގު