English Edition
Dhivehi Edition

ޖުމްހޫރީ ޕާޓީ (ޖޭޕީ) ދޫކޮށްލަންޖެހުނީ ސަރުކާރުގެ ފަރާތުން އިސްލާމްދީނާ ދެކޮޅަށް ބިލުތައް ހުށަހަޅާތީކަމަށް ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) ވިދާޅުވެއްޖެއެވެ.

އިދިކޮޅު ޕީޕީއެމް އަށް ސޮއިކޮށްފައިވާ ވަހީދު ސަންގު ޓީވީ ގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ވިދާޅުވީ ޖޭޕީގެ ލީޑަރު ގާސިމަކީ ރަނގަޅު ބޭފުޅެއް ކަމަށާއި ނަމަވެސް ސިޔާސީ މާހައުލު މިހާރު އޮތް ގޮތުން ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީއެއްގައި އޭނާއަށް ހުރެވެން ނެތް ކަމަށެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީއެއްގައި ހުރެވެން ނެތް ސަބަބު ހާމަކުރައްވަމުން ވަހީދު ވިދާޅުވީ ނަފުރަތުގެ އަމަލުތައް ހުއްޓުވުމުގެ ނަމުގައި ގާނޫނުލްއުގޫބަތަށް ސަރުކާރުން އިސްލާހު ގެންނަން މަސައްކަތްކުރަމުންދާއިރު އެ ބިލަކީ އިސްލާމްދީނާ ދެކޮޅު ބިލެއްކަމަށެވެ. އަދި އެ ބިލަކީ ރާއްޖެއިން އިސްލާމްދީން ނައްތާލުމަށް ރާވައިގެން ކުރާ މަސައްކަތެއް ކަމުގައި ގަބޫލު ކުރައްވާ ކަމަށް ވަހީދުވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ވަހީދު ވިދާޅުވީ އޭނާ ނިކުމެ ހުރީ ދީނާއި ގައުމު ހިމަޔަތްކުރަންކަމަށެވެ.

މީގެއިތުރުން ވަހީދު ވިދާޅުވީ މިވަގުތު ގައުމާއި އިސްލާމް ދީން ސަލާމަތް ކުރެވެން އޮތީ ޕީޕީއެމް އާއި ގުޅިގެން އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެރިކަމަށް ގެނެސްގެންކަމަށެވެ.

1 ކޮމެންޓް
މުޙުއްމާ
ޖުލައި 23, 2021
ކަލޯ ހާދަ ހަނދާން ބައްޔޭ ދޯ؟ ކަލޯ މަޖްލިހުން ބޭރަށް ހޫރާލީ ކާކު؟