English Edition
Dhivehi Edition

ހުޅުމާލޭގައި ބާރުގަދަ އެއްޗެ ގޮވި އަޑުއިވިގެން ފުލުހުންނާއި ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިރޭ 12:10 ހާއިރު ބާރުގަދަ އެއްޗެއް ގޮވިއަޑު އިވިފައިވަނީ ހުޅުމާލެ ޗައިނާ ޓައުން ސަރަހައްދުންނެވެ. އެ ސަރަހައްދުގައި މިހާރު ސިފައިންނާއި ފުލުހުން ހަރަކާތްތެރިވަމުން އަންއިރު އެ ސަރަހައްދުގައި ދިރިއުޅޭ މީހަކު ބުނީ އިވުނު އަޑާއެކު އެ ސަރަހައްދުގައި ދިރިއުޅޭ ގިނަ ބަޔަކު ބެލެކަންޏަށްވެސް ނިކުމެފައިވާކަމަށެވެ. އަދި އަޑު އިވުނު ސަރަހައްދުން އަލިފާނުގެ އެއްވެސް އަސަރެއް ފެނިފައި ނުވާކަމަށާއި މިހާރު އެ ސަރަހައްދު ފުލުހުން ބަންދުކޮށްފައިވާ ކަމަށެވެ.

No description available.
ބާރު އަޑުފަތްގަނޑެއް އިވިފައިވަނީ މި ގެއިންނެވެ

މިހާރު އެ ސަރަހައްދުގައި ސިފައިން ހަތިޔާރާއެކު ހަރަކާތްތެރިވަމުންދާކަމުގެ މައުލޫމާތުވެސް ވަނީ ލިބިފައެވެ.މިކަމާއި ގުޅިގެން އަދި ކަމާއި ބެހޭ އިދާރާތަކުން އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.

No description available.
އަޑުފަތްގަނޑު އިވުނު ސަރަހައްދުގައި ސިފައިން ހަރަކާތްތެރިވަނީ

ޓެގު