English Edition
Dhivehi Edition

ގދ ހޯނޑެއްދޫގައި ފޯރިޔާއެކު ޢީދު ކުޅިވަރު ކުޅެމުންދަނިކޮށް ކުޅުނު ކުޅިވަރެއްގައި ހިމެނޭ މުހިންމު ކެރެކްޓަރ އެއް ވަގަށް ނަގައިފިއެވެ.

“ގޯނިދައިތަ” ގެ ނަމުގައި އެރަށުގައި ކުރިޔަށް ގެންދިޔަ މިކުޅިވަރުގައި މައިގަނޑުކަމަކަށް ކޯޑި ކަނޑަން ޖެހޭއިރު، ކޯޑި ކެނޑުމުގެ ބަދަލުގައި އެކުޅިވަރުގެ ރާނީ ނުވަތަ ގޯނިދައިތަގެ ލަޝްކަރުގެ ވެރިޔާވަނީ ވަގަށްގެންގޮސްފައެވެ. މަންޒަރު ދުށްމީހަކު ބުނެފައިވަނީ ފިރިހެންކުދިން ގޯނިދައިތަގެ ލަޝްކަރަށް ވަދެގަތުމުން އެމީހުންގެ ކޯޑި ހިމާޔަތްކުރަން އެންމެން މަސައްކަތް ކުރަމުންދަނިކޮށް އިތުރު ފިރިހެން ކުދިންތަކެއް ގޯނިދައިތަ އުފުލައިގެން ގެންދިޔައީކަމުގައެވެ.

ޒަމާނުއްސުރެ ބޮޑުޢީދުގައި ހޯނޑެއްދޫގައި ޢީދު ކުޅިވަރުތަކުގެ ތެރެއިން އެންމެ މީހުންގެ މަގްބޫލުކަން ލިބިފައިވަނީ “ގޯނިބެ” މި ކުޅިވަރަށެވެ. ނަމަވެސް މި އަހަރުގައި މި ކުޅިވަރު ފެނިގެން ދިޔައީ އެހެން އަހަރުތަކާ ޚިލާފަށެވެ. ކުރީގަ މިކުޅިވަރު ކުޅެމުން އައިސްފައިވަނީ ހަމައެކަނި ފިރިހެނުންނެވެ. ނަމަވެސް މިފަހަރު ކަނބަލުންގެ “ގޯނިދައިތަ” ވެގެން ދިޔައީ ހޯނދެއްދޫގެ ސަގާފީ ކުޅިވަރުކަމުގައިވާ “ގޯނިބެ” މި ކުޅިވަރަށް އިތުރުވި ފޯރިގަދަ އަދި އެހާމެ ބަލާހިތްވާ ކަހަލަ ހަރަކާތަކަށެވެ. “ގޯނިބޭ” ގައި އަންހެންވެރިން ކޯޑި ކަނޑާއިރު “ގޯނިދައިތަ” ގައި ކޯޑި ކަނޑާނީ ފިރިހެނުންނެވެ.