English Edition
Dhivehi Edition

ރައްޔިތުންގެ މަޖުލީހުގެ ރައީސް މުހައްމަދު ނަޝީދުއަށް ދިން ބޮމުގެ ހަމަލާގައި އެމަނިކުފާނަށް އިންސާފު ހޯދުމުގެ މަސައްކަތް އެކަށީގެންވާ ގޮތަކަށް ކޮށްފައިނުވާތީ ތިނަދޫ ކައުންސިލްގެ ނައިބްރައީސް ނަސްރުﷲ އަލީ ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ.

ނަސްރުﷲ އަލީ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެމްޑީޕީގެ މައިގަނޑު އަސާސްތަކާއި ޚިލާފުވެ ސަރުކާރުން ރައްޔިތުންގެ ހައްޤުތައް ހިމާޔަތް ނުކުރެވޭ ކަމަށާއި ރައީސް ނަޝީދަށް އިންސާފް ހޯދައި ނުދެވޭތީ އެކަމާ ކަންބޮޑުވާންޖެހޭ ކަމަށެވެ. މީގެ އިތުރުން ރިޔާސީ ވައުދުތައް ފުއްދުމުގެ މަސައްކަތް ސަރުކާރުން އެކަށީގެންވާ ގޮތެއްގައި ނުކުރާކަމަށް ނަސްރުﷲ ފާހަގަކުރައްވާފައިވެއެވެ.

މިދިޔަ މެއި މަހު 6 ވަނަ ދުވަހު ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާގެ ތަހުގީގު އެންމެ އެދެވޭގޮތަކަށް ކުރިއަށް ނުގެންދާކަމަށް ބުނެ އެމްޑީޕީގެ ގިނަ މެންބަރުން ދަނީ އެކި ޕްލެޓްފޯމް ތަކުގައި ސަރުކާރަށް ފާޑު ވިދާޅުވަމުންނެވެ.