English Edition
Dhivehi Edition

އެމްޑީޕީގެ ތެރޭގައި ފެކްޝަން އުފެދެން ޖެހުނު ސަބަބަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވެރިކަން ބޭނުންފުޅުވުން އެ ޕާޓީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީކޯ މޫސަ) ވިދާޅުވެއްޖެއެވެ.

ރީކޯ މޫސަ މިހެން ވިދާޅުވީ ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުންނެވެ. އެމްޑީޕީގެ ތެރޭގައި ބައިބައިވުންތައް އުފެދި ދެ ފެކްޝަންގެ މެމްބަރުންގެ މެދުގައި ހޫނު ބަހުގެ ހަމަލާތައް ބަދަލުކުރަމުންދާ މި ދަނޑިވަޅު ރީކޯ މޫސަ ވިދާޅުވީ އެމްޑީޕީ އޮންނަނީ އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އަޅުވެތިކަމުގެ ދަށުގައިކަމަށެވެ،

އެމްޑީޕީ ބައިބައި ނުވެ މިހާ ދުވަހު އޮތީ މީގެ ކުރިން ރައީސް ނަޝީދާ ހިޔާލު ތަފާތުވާ އެމްޑީޕީގެ މެންބަރުން ގަދަ ނުހަދައި ޕާޓީ ދޫކޮށް ދާތީކަން ފާހަގަކޮށް ރީކޯ މޫސަ ވިދާޅުވީ އެމްޑީޕީގެ ތެރެއިން ރައީސް ނަޝީދާ ހިޔާލު ތަފާތުވުމަށް ޖާގަ ނޯންނަ ކަމަށެވެ. އިތުރަށް ރީކޯ މޫސަ ވިދާޅުވީ އެމްޑީޕީ އޮންނަނީ ރައީސް ނަޝީދުގެ އަޅުވެތިކަމުގެ ދަށުގައި ކަމަށާއި ގިނަ މެންބަރުން އެމްޑީޕީން ވަކިވާންޖެހުނީވެސް އެ ސަބަބާ ހެދިކަމަށެވެ،

މީގެ އިތުރުން ރީކޯ މޫސަ ވިދާޅުވީ އެ ޕާޓީއަށް ލިބޭ އާމްދަނީންވެސް ހޭދަކުރައްވާ، ރައީސް ނަޝީދަށް ސަނާކިޔާ ގުރޫޕެއް ޕާޓީތެރޭގައި އޮންނަކަމަށެވެ.

ރައީސް ނަޝީދަށް ހިން ނުދިރުވިގެން އުޅެނީ ރައީސް ސޯލިހު ކޯލިޝަން ޕާޓީތަކާ ގުޅުން ބާއްވާތީކަން ފާހަގަކޮށް ރީކޯ މޫސަ ވިދާޅުވީ އެ ޕާޓީތެރޭގައި މައްސަލަ ޖެހުނީ ރައީސް ނަޝީދު ވެރިކަމަށް އަންނަން ބޭނުންވެފައި ހުއްޓައި، އެމްޑީޕީގެ ގަވާއިދުގައި އޮންނަ ގޮތުން ރައީސް ސޯލިހަށް ރިޔާސީ ދެ ދައުރު ދޭންޖެހުމުން ކަމަށެވެ،

1 ކޮމެންޓް
ބަގުރުބެ
ޖުލައި 18, 2021
އެހެންވީމަ އެމްޑީޕީއަކީ ޕާޓީއަކަށްވުރެ ބޮޑަށް ކަލްޓްއެއްނު?