English Edition
Dhivehi Edition
11 މެއި 2021: އޮންލައިންކޮށް ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ރައީސް ބައިވެރިވެވަޑައިގަންނަވަނީ - ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ޗައިނާގެ ރައީސް ޝީ ޖިން ޕިންގް ފޯނުން ގުޅުއްވައި, ދެގައުމުގެ ދެމެދުގައި އޮތް ގުޅުމާ ބެހޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ.

ރައީސް ސޯލިހް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޗައިނާގެ ރައީސް އާއި، މިއަދު މެންދުރު ފަހު ފޯނުން ގުޅުއްވައި ކުރެއްވި މަޝްވަރާގައި ޗައިނާ އާއި ރާއްޖެއާއި ދެމެދު އޮތް ގާތް ގުޅުން އިތުރަށް ބަދަހި ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެވުނުކަމަށެވެ. އިތުރުން ރައީސް ވިދާޅުވީ މި ފޯނު ކޯލާއެކު ރާއްޖެ އާއި ޗައިނާގެ ގުޅުން ބަދިހިވެ ވަރުގަދަ ވެގެންދާނެކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

މީގެ އިތުރުން ރައީސް ސޯލިހު ވަނީ ޗައިނާއިން އަބަދުވެސް ރާއްޖެއާ މެދު ބާއްވާ ގާތްކަން ފާހަގަކުރައްވާ އަދި ޗައިނާގެ ދީލަތި އެހީތަކަށް ހާއްސަ ޝުކުރެއް ރައްދުކުރައްވާފައެވެ.