English Edition
Dhivehi Edition

އައްޑޫ ސިޓީ މީދޫގައި ބާއްވާ ‘ކްލަބް ލޮތާރި ސްޓްރީޓް 2021’ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހު ފެށުމަށް ނިންމާފައިވާކަމަށް ކްލަބް ލޮތާރި އިން ބުނެފިއެވެ.

ހަމައެކަނި އައްޑޫގެ ޒުވާނުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މި މުބާރާތުގެ މައިގަނޑު މަޤްސަދަކީ އައްޑޫގެ ޒުވާނުންނަށް ހުނަރު ދައްކާލުމުގެ މަގު ފަހިކުރުންކަމަށް ކްލަބް ލޮތާރިން ވަނީ ބުނެފައެވެ. މި ގޮތުން މި މުބާރާތުގައި އައްޑޫ ސިޓީގެ އަވަށްތަކުގެ ތެރެއިން، އެ އަވަށަކަށް ނިސްބަތްވާ ބަޔަކަށް އެއަވަށަކަށް ކުޅުމުގެ ފުރުޞަތު އޮންނާނެކަމަށް އެ ކްލަބުން މަޢުލޫމާތު ދެއެވެ.

ކްލަބް ލޮތާރީގެ ރައީސް އިބްރާހިމް މުގްސިތު ބުނީ، ގައުމު ސްޓްރީޓްގެ ނަމުގައި މީގެ ކުރިން ކުރިއަށް ގެންދިޔަ މިމުބާރާތް މިއަހަރު ކްލަބް ލޮތާރި ސްޓްރީޓްގެ ނަމުގައި ކުރިއަށް ގެންދަން ނިންމީ އެކްލަބް ރަސްމީކޮށް ރަޖިސްޓަރީކުރުމަށްފަހު ކުރިއަށް ގެންދެވޭ ފުރަތަމަ މުބާރާތަށް ވާތީ ކަމަށެވެ.

މީގެ އިތުރުން، މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި މުބާރާތުގެ އާންމު ޤަވާއިދު 1 އޯގަސްޓުން ފެށިގެން ކްލަބް ލޮތާރީގެ ވެބްސައިޓުން ލިބެން ހުންނާނެކަމަށް އެކްލަބުން ވަނީ ބުނެފައެވެ.

މީގެ ކުރިން ގައުމު ސްޓްރީޓްގެ ނަމުގައި ކުރިއަށްގެންދިޔަ މި މުބާރާތަކީ ވަރަށް ގިނަ ބައެއްގެ ތަރުހީބު ލިބެމުން އައި މުބާރާތެކެވެ. މިގޮތުން އައްޑޫގައި ބޭއްވޭ މިފަދަ ހަމައެކަނި މުބާރާތަށް މިމުބާރާތްވުމުން މިއަހަރުގެ މުބާރާތަށްވެސް ހޫނު ތަރުހީބެއް ލިބޭނޭކަމަށް އުންމީދު ކުރާކަމަށް އެކްލަބުގެ އިސްވެރިން ވަނީ ބުނެފައެވެ، މުބާރާތާގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް އެކްލަބްގެ ހޮޓްލައިނަށް ގުޅުމަށް އެ ކްލަބުންވަނީ އެދިފައެވެ

ކްލަބް ލޮތާރިއަކީ އައްޑޫ މީދޫގައި ރަޖިސްޓަރީ ކޮށްފައި އޮތް ހަމައެކަނި ކްލަބެވެ. މިކްލަބުގެ އަމާޒަކީ ރަށު ފެންވަރުގައްޔާއި ސިޓީ ފެންވަރުގައި ކުޅިވަރުތައް ކުރިއަރުވައި، ރަށުގެ ޒުވާނުންނަށް ކުޅިވަރުގެ މައިދާނުން ފުރުސަތު ފަހިކޮށްދިނުމެވެ.

މުބާރާތުގެ އިއުލާން: https://lothari.club/wp-content/uploads/2021/07/IUL-2021-01.pdf

 

އެޑިޓަރުގެ ނޯޓް: މިއީ މި ނޫހަށް މުހައްމަދު ހިޒްޔަމް ލިޔެފައިވާ ލިޔުމެކެވެ.