English Edition
Dhivehi Edition

ގިނަ އަދަދެއްގެ ބިޔަރު ދަޅުތަކަކާއެކު މީހަކު ހައްޔަރުކޮށްފިއެވެ.

މި މީހާ ހައްޔަރުކޮށްފައިވަނީ ގާނޫނާއި ގަވާއިދާ ހިލާފަށް މާލެއަށް ބަނގުރާ އެތެރެކޮށް ބަނގުރާގެ ވިޔަފާރިކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާލޭގައި ހިންގި އޮޕަރޭޝަނެއްގައެވެ. މި މައްސަލައާއ ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 35 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ޑްރަގް އިންޓެލިޖެންސް ގުޅިގެން ރޭ ހިންގި އެ އޮޕަރޭޝަނުގައި މާލޭގެ ގެ އަކާއި ގަރާޖެއް ބަލައި ފާސްކުރިއިރު 732 ދަޅު ބިޔަރު ފެނިފައިވެއެވެ.

މި މައްސަލަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.