English Edition
Dhivehi Edition

ގއ. ގެމަނަފުށި ކޮވިޑް19 ކޭސްތަކާއި ގުޅިގެން ނެރުނު މޮނިޓަރިންގެ ޙާލަތު އުވާލާއިފި

ކޮވިޑް-19 އަށް ބަޔަކު ފައްސިވުމުން ގެމަނަފުށި މޮނިޓަރިންގެ ހާލަތައް ގެނެސް އެރަށަށް އަރައި ފޭބުން މަނާކުރީ މޭއި މަހު 13 ވަނަ ދުވަހު އެވެ. އެހެންކަމުން އެރަށުގެ މޮނިޓަރިންގ އުވާލާފައި މިވަނީ 61 ދުވަސް ފަހުންނެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި އެރަށު ކައުންސިލަށް ފޮނުއްވި ލިޔުމެއްގައި ވަނީ، އާންމު ސިއްޙަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ބަލަން ކަނޑައެޅުނު ކަންކަން ބެލުމުން އެ ރަށުގައި މޮނިޓަރިންގ ހާލަތު އިތުރަށް ދަމަހަށްޓަން ޖެހޭ ސަބަބެއް މިވަގުތު ނެތް ކަމަށެވެ. އަދި މޮނިޓަރިން ހާލަތާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ނިމުމެއް ގެންނަ ކަމަށްވެސް ލިޔުމުގައިވެއެވެ.

ގއ އަތޮޅު ހޮސްޕިޓަލްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ގެމަނަފުށިން ވަނީ 105 މީހަކު ކޮވިޑަށް ފައްސިވެފައެވެ.

ގެމަނަފުށީގެ އިތުރުން އެ އަތޮޅުގެ ދާންދޫ، މާމެންދޫ، ކޮލަމާފުށި ވެސް ވަނީ އާއްމު ޙާލަތަށް ގެނެސްފައެވެ.