English Edition
Dhivehi Edition

ގދ. އަތޮޅުން މިއަދު ކޮވިޑް-19 އަށް ފަރުވާ ހޯދަމުން އައި 24 މީހުން ވަނީ މިއަދު ބަލިން ރަނގަޅުވެފައެވެ. އަދި ބައްޔަށް ފައްސިވެފައި ވަނީ 15 މީހުންނެވެ.

ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުން ހާމަކޮށްފައިވާ ގޮތުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ގދ. އަތޮޅުން ފައްސިވި 15 މީހުންނަކީ ގދ. ތިނަދޫއިން ފައްސިވެފައިވާ މީހުންނެވެ. އެ 15 މީހުންނަކީ ކޮންޓެކްޓް ޓްރޭސިންގ މަސައްކަތުގެ ތެރެއިން ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަވެގެން ސާމްޕަލް ނެގި މީހުންނެވެ.

މިވަގުތު ގދ. އަތޮޅުގައި ބައްޔަށް ފަރުވާ ހޯދަމުން އަންނަނީ ޖުމްލަ 254 މީހުންނެވެ. އެއީ ތިނަދޫގައި 222 މީހުންނާއި ގައްދޫގައި 29 މީހުންނާއި ނަޑެއްލާގައި 03 މީހުންގެ އިތުރުން ހޯނޑެެްދޫގައި 01 މީހެކެވެ.

ގދ. އަތޮޅުން މިހާތަނަށް 1،047 މީހުން ބައްޔަށް ފައްސިވެފައިވާއިރު 847 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.