English Edition
Dhivehi Edition

އެމްޑީޕީ އަށް އާއިއްތިހާދެއް ބޭނުންވާކަމަށާއި އެ ޕާޓީއާއި އެއެކު އިއްތިހާދުވާނެ ފަރާތްތަކުގެ ކިބައިގައި ހުންނަން ޖެހޭނެ ޝަރުތުތައް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ ރައީސް ނަޝީދުވަނީ އިއްޔެ އިދިކޮޅު ޕީޕީއެމް، ޕީއެންސީ އާއި އެކު މަސައްކަތްކުރެއްވުމުގެ ޝައުގުވެރިކަންފާޅުކޮށްފައެވެ. މި ގޮތުން ރައީސް ނަޝީދު އިއްޔެ އެމްޑީޕީގެ ވަޓްސް އެޕް ގްރޫޕްއަކަށް ރައީސް ނަޝީދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ އެމަނިކުފާނާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއާއި އެއްވެސް ޒާތީ މައްސަލައެއް ނެތް ކަމަށެވެ. އެހެންނަމަވެސް ރައީސް ސޯލިހްއާއެކު ދެން ސިޔާސީ ގޮތުން ނުހުރެވޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ރައީސް ޔާމީން އާއި ޕީޕީއެމުން މެދު މިނުގެ ދީނީ ސިޔާސަތަށް ތާއީދު ކުރާނަމަ އެ މަނިކުފާނު ރައީސް ޔާމީންގެ އެހީއަށް އެދިވަޑައިގަންނަވާނެ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

މިއަދު އެމްޑީޕީ އާއި އިއްތިހާދުވާ ޕާޓީއެއްގެ ކިބައިގައި ހުންނަންޖެހޭނެ ޝަރުތުތައް ހާމަކޮށް ރައީސް ނަޝީދުކުރެއްވި ޓުވިޓެއްގައި ވިދާޅުވީ އެއީ އިންޑިއާ އައުޓް ނުގޮވާ، ނަފުރަތުގެ ބިލަށް ތާއިދުކުރާ، މިއުޒިކް ހަރާމް ނުކުރާ، ކީރިތި ރަސޫލާއަށާއި އިސްލާމް ދީނަށް ފުރައްސާރަ ނުކުރާ އިއްތިހާދަކަށް ވާންވާނެކަމަށެވެ. އަދި ރައީސް ނަޝީދު ދެކޭ ގޮތުގައި ޕީޕީއެމް އާއި އެމްޑީޕީގެ ގިނަ މީހުން ވެސް އެމަނިކުފާނުގެ ޝަރުތުތަކަށް ތާއިދު ކުރައްވާނެ ކަމަށާއި ރާއްޖެ އަފްޣާނިސްތާންގެ ހާލަތައް ދާން ގިނަ ދިވެހިން ބޭނުމެއް ނުވާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

1 ކޮމެންޓް
ޢަބުދުﷲ
ޖުލައި 13, 2021
ކަންތައްތައް ހަރާމްކޮށް ހަލާލު ކުރުމަކީ އިންސާނުންގެ އަތްމަތީގައިވާ ކަމެއްތަ؟