English Edition
Dhivehi Edition

ގއ ވިލިނގިލި ބަނދަރުގެ މަސައްކަތުގެ ބޮޑުބައެއް ނިމިއްޖެއެވެ

ގއ. ވިލިނގިލި ބަނދަރު ފުންކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 70 ޕަސެންޓް ނިމިފައިވާކަމަށް އެ މަސައްކަތް ކުރާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ވަނީ ބުނެފައެވެ

އަދި ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 82 ޕަސެންޓް ނިމިފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.

މި މަޝްރޫޢުގެ ދަށުން، 71،519 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ހާބަރ ބޭސިން ފުންކުރުމާއި ނެރު ފުންކުރުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫޢަކީ 9.1 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.