English Edition
Dhivehi Edition
ރައީސް ޞާލިޙް އާއެކު، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، މުޙައްމަދު ނަޝީދު - ފޮޓޯ: ޓްވިޓާ (ރައީސް ނަޝީދު)

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއެކު ސިޔާސީ ގޮތުން ހުރެވެން ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ވަޓްސް އެޕް ގްރޫޕްއަކަށް ރައީސް ނަޝީދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ އެމަނިކުފާނާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއާއި އެއްވެސް ޒާތީ މައްސަލައެއް ނެތް ކަމަށެވެ. އަދި ޒާތީ މައްސަލައެއް ނުވެސް ޖެހޭނެ ކަމަށާއި ޒާތީ ކަންކަމުގައި އަބަދުވެސް އުޅޭނީ އެކީގައި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އިތުރަށް ރައީސް ނަޝީދު ވިދާޅުވީ ރައީސް ސޯލިހްއަކީ އަބަދުވެސް އެމަނިކުފާނުގެ ދަރިންގެ “އިބޫ ދޮންބެ” ކަމަށެވެ.

އިތުރަށް ރައީސް ނަޝީދު ވިދާޅުވީ ރައީސް ސޯލިހްއާއެކު ދެން ސިޔާސީ ގޮތުން ނުހުރެވޭނެ ކަމަށާއި އެކަމުގައި އެމްޑީޕީގެ ބައެއް މެންބަރުން ހިތްހަމަނުޖެހުނުކަމުގައި ވިޔަސް ކުރެވޭނެ ކަމެއް ވެސް ނެތް ކަމަށެވެ. އަދި ރައީސް ޔާމީން އާއި ޕީޕީއެމުން މެދު މިނުގެ ދީނީ ސިޔާސަތަށް ތާއީދު ކުރާނަމަ އެ މަނިކުފާނު ރައީސް ޔާމީންގެ އެހީއަށް އެދިވަޑައިގަންނަވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީގެ މެމްބަރުންގެ މެދުގައި ހިތްހަމަނުޖެހުންތަކެއް އުފެދި ޕާޓީގެ މެމްބަރުން ދެ ފެކްޝަނަކަށް ބެހިފައިވާކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެން އަދި ރައީސް ސޯލިހް ވަކި އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.