English Edition
Dhivehi Edition

ފިހާރައަކުން 6 ޕެކެޓް ހިކި ކިރު ގެންގޮސް، ފައިސާ ދައްކާފައިނުވާ މައްސަލައަކާއި ގުޅިގެން މީހަކު ހޯދަން ފުލުހުން އިއުލާންކޮށްފިއެވެ.

ހުޅުމާލެ، ބިގް ސީ ފިހާރައިން 2021 ޖޫން 09 ވަނަ ދުވަހުގެ ވަގުތެއްގައި، ފަހުން ފައިސާ ދައްކާނެކަމަށް ބުނެ 6 ޕެކެޓް ހިކި ކިރު ގެންގޮސް، ފައިސާ ދައްކާފައިނުވާތީ ވީޑިޔޯއިން ފެންނަ މީހަކު ހޯދަން ފުލުހުން ވަނީ އާންމުންގެ އެހީއަށް އެދިފައެވެ.

ފުލުހުން މިހާތަނަށް ކުރި މަސައްކަތުން މިއީ ކާކުކަން ދެނެގަނެވިފައި ނުވާތީ މިމީހާ ވަނީ ހޯދާ ނުފެނިފައެވެ. މިމައްސަލައާއި ގުޅިގެން ފުލުހުން ވަނީ ފިހާރައިގެ ސީސީޓީވީ ކެމެރާއިން އެމީހާ ފެންނަ ވީޑިއޯއެއްވެސް އާއްމުކޮށްފައެވެ.

އެހެންކަމުން ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް އެނގިލައްވާ ފަރާތެއްވާނަމަ ހުޅުމާލެ ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9980062 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުންވަނީ އަންގާފައެވެ.

މިމައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުޤީގުކުރަމުންނެވެ. މިކަހަލަ މައްސަލަތަކުގައި އާއްމު ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެހީތެރިކަން ފާހަގަކޮށް ފުލުހުންވަނީ ޝުކުރު އަދާކޮށްފައެވެ.