English Edition
Dhivehi Edition

އައްޑޫސިޓީ މަރަދޫ ހެލްތު ސެންޓަރ (އެމްއެޗުސީ) ގެ އާންމުން ވަންނަ ފާޚާނާގެ ފްލަޝްޓޭންކުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ތުހުމަތު ކުރެވޭ އެއްޗެއް މިރޭ ފެނިއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިތަކެތި ފެނިފައިވަނީ ފްލަޝްޓޭންކުން ފެންލީކުވާތީ އެ މަރާމާތު ކުރުމަށް އެތަނުގެ ވޮޗަރު ޓޭންތެރެ ބެލިއިރުއެވެ. “އެތަކެތިހުރީ ވަރަށް ބޮޑަށް ރަބަރުއޮޅައި ބަންދުކޮށްފައި. އޭގެ ތެރޭގައި ލައިޓަރެއްވެސްއޮތް. އެތަކެތި ފެނުމުން ފުލުހުންނަށް ގުޅައި މިހާރުވަނީ ފުލުހުންނާ ހަވާލުކޮށްފައި. އެތަކެތި ފެނިފައިވަނީ މިރޭ ގާތްގަޑަކަށް އެއްގަޑި ފަންސާހުގައި،” ހެލްތުސެންޓަރުން ވާހަކަ ދެއްކި މީހަކު ބުންޏެވެ. މިކަމާ ގުޅިގެން ހިތަދޫ ޕޮލިސްސްޓޭޝަނަށް ގުޅުމުން ވިދާޅުވީ އެކަމާ ބެހޭ ގޮތުން މައުލޫމާތު ހޯދުމަށް ރަސްމީ ގަޑީގައި ގުޅުމަށެވެ. އެހެން ކަމުން މިކަމާ ބެހޭ ގޮތުން ފުލުހުންގެ ބަހެއް މިރޭ ލިބޭ ގޮތެއް ނުވިއެވެ.