English Edition
Dhivehi Edition
ފޮޓޯ: އައްޑޫ ލައިވް

އައްޑޫ ސިޓީގެ ގުޅިފައިވާ އަވަށްތަކުގައި ކޮވިޑް19 އިން ރައްކާތެރިވުމަށް އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ލުއި ދީފައިވަނިކޮށް މިއަދު އައްޑޫ ސިޓީ މަރަދޫ އިން 11 މީހަކު ކޮވިޑަށް ޕޮޒިޓިވްވެ އެ ސިޓީގެ އެކްޓިކް ކޭސްތަކުގެ އަދަދު ފަސްދޮޅަސް އެކަކަށް އަރައިފިއެވެ.

އައްޑޫ އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން މިއަދު ހަވީރު 18:00 އާއި ހަމައަށް އާންމުކޮށްފައިވާ ތާފާސް ހިސާބުތަކަށް ބަލާއިރު މިއަދު މަރަދޫ އިން ވަނީ 11 މީހުން ޕޮޒިޓިވްވެފައެވެ. މިއަދު އަލަށް ޕޮޒިޓިވްވި މި 11 މީހުންނާއެކު މަރަދޫގެ އެކްޓިވް ކޭސްތައް 15 އަށް ވަނީ އަރާފައެވެ، އަދި ހިތަދޫގެ އެކްޓިވް ކޭސްތަކުގެ އަދަދުވަނީ 46ކަށް އަރާފައެވެ.

އައްޑޫއިން މިހާތަނަށް ޖުމްލަ 523 މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވާއިރު 460 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި ކޮވިޑް ޖެހިގެން ދެ މީހަކު ނިޔާވެފައިވާއިރު އެ ސީޓީގައި މިހާރު ބަލީގެ އެކްޓިވްކޭސްތައް އުޅެނީ ހިތަދޫގެ އިތުރުން މަރަދޫ ގައެވެ.

އައްޑޫ ސިޓީގެ ގުޅިފައިވާ އަވަށްތަކުގައި ކޮވިޑް19 ގެ ސަބަބުން އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ވަނީ ލުއިތަކެއް ދީފައެވެ.