English Edition
Dhivehi Edition

ގއ.ވިލިނގިލީގައި ތެޔޮ ތާނގިއެއް ބަނުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އިން އިއުލާންކޮށްފިއެވެ.

މިއަދު އެ ކުންފުނިން ކުރި އިއުލާނެއްގައި ވަނީ ފެނަކައިން ދޭ ކުރެހުމާއި ބީ.އޯ.ކިޔު އަދި މަޢުލޫމާތާއި އެއްްގޮތަށް ގއ.ވިލިނގިލީގައި ތެޔޮ ތާނގިއެއް ބަނުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާކަމަށެވެ.

މި ގޮތުން ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީކުރުން މި މަހުގެ 07 ވަނަ ދުވަހުން ފެށިގެން 13 ވަނަ ދުވަހާއި ހަމައަށް ކޮންމެ ދުވަހު 09:00 އިން 13:00 އަށް ކުރިއަށްދާނެކަމަށް ފެނަކައިން ވަނީ ބުނެފައެވެ. އިތުރަށް ފެނަކައިން ވަނީ ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމަށް ބޭނުންވާ ހުރިހާ މައުލޫމާތެއް ފުރިހަމަ ކުރުމަށްފަހު [email protected] އީ-މެއިލް ކުރުމަށް އެދިފައެވެ.

އީމެއިލްގެ ޒަރިއްޔާއިން މައުލޫމާތު ސާފުކުރުން 13 ޖުލައި 2021 ވަނަ ދުވަހު 13:00 އަށް ހަމަވާއިރު 14 ޖުލައި 2021 ވަނަ ދުވަހު 11:00 ގެ ކުރިން އަންދާސީ ހިސާބު ހުށަހެޅުމަށް އެ ކުންފުނިންވަނީ އެދިފައެވެ.