English Edition
Dhivehi Edition

އެމްޓީސީސީގެ “ހުނަވަރު” ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

ތިން މަސްދުވަހުގެ މުއްދަތައް ކުރިއަށް ގެންދާ މި ޕްރޮގްރާމްގެ ދަށުން ކޮންސްޓްރަކްޝަން ސައިޓްތަކުގެ އެސިސްޓަންޓް ސުޕަވައިޒަރުންނާއި، މަގުހެދުމުގެ މަޝްރޫޢުތަކަށް ބޭނުންވާ މުއައްޒަފުންނާއި، ވެލްޑިންގް ގެ ދާއިރާއަށް ބޭނުންވާ މުއައްޒަފުން ތަމްރީން ކުރެވޭނެއެވެ، “ހުނަވަރު ޓެކްނިކަލް ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމް” ގެ ދަށުން 50 މީހަކު ތަމްރީން ކުރުމަށް ނިންމާފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ

  • ކޮންސްޓްރަކްޝަން ސައިޓްތަކުގެ އެސިސްޓަންޓް ސުޕަވައިޒަރުންގެ މަގާމަށް 30 ފުރުސަތު
  • މަގުހެދުމުގެ މަޝްރޫއުތަކަށް ބޭނުންވާ މަގާމުތަކަށް 10 ފުރުސަތު
  • ވެލްޑިންގް ގެ ދާއިރާތަކަށް 10 ފުރުސަތު

މި ޕްރޮގްރާމްގައި ބައިވެރިވާ މީހުންނަށް ކޮންމެ މަހަކު 5000 ރުފިޔާގެ އެލެވެންސެއް ދިނުމަށް ހަމަޖެހިފައިވާއިރު ދިރިއުޅޭ ރަށްނޫން އެހެން ރަށެއްގައި ޕްރޮގްރާމް ކުރިއަށް ގެންދާނަމަ ހުރުމާއި ކެއުމުގެ ޙަރަދުވެސް ދިނުމަށް އެމްޓީސީސީން ވަނީ ނިންމާފައެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ކޮންމެ ހަފުތާއެއްގެ ހޮނިހިރު ދުވަހުން ބުރާސްފަތީގެ ނިޔަލަށް ހެނދުނު 7:00 އިން މެންދުރު 3:00 އަށެވެ.