English Edition
Dhivehi Edition

ގދ. ހޯނޑެއްދޫ ކައުންސިލްގެ ކުރިޔަށް އޮތް ފަސްއަހަރުގެ ތަރައްގީގެ ޕްލޭން އެކުލަވާލުމަށް އާއްމުންގެ ޚިޔާލު ހޯދުމަށް އިއުލާން ކޮށްފިއެވެ.

މިގޮތަށް އިއުލާން ކޮަށްފައިވަނީ އެ ކައުންސިލް އިދާރާގެ ފޭސްބުކް ޕޭޖް ޕޯސްޓަކުންނެވެ. ހޯނޑެއްދޫ ކައުންސިލްގެ އިދާރާ ފޭސްބުކް ޕޭޖްގައި ހިއްސާ ކޮށްފައިވާ ގޮތުގައި، އާއްމުންގެ ލަފަޔާ ޚިޔާލު ގޫގަލް ފޯމް މެދުވެރިކޮށް ހުށެހެޅޭނެއެވެ. މި ފޯމްގައި އާއްމުންގެ ޚިޔާލަށް އެދިފައިވަނީ ޖުމްލަ ދިހަ ދާއިރާ އަކަށް އަލި އަޅުވާލައިގެންނެވެ. މި ދާއިރާ ތަކަކީ: އަސާސީ ޚިދްމަތްތަކާއި، ރަށްވެހި ތަރައްގީ ފޯރުކޮށްދިނުން، އިޖްތިމާއީ ދުޅަހެޔޮ މުޖްތަމައެއް ބިނާކުރުން، އަމާންވެއްޓެއް ގާއިމްކުރުމާއި ގާނޫނީ ހުކޫމަތު ދެމެހެއްޓުން، ފެންވަރު ރަނގަޅު ތައުލީމާއި ހުނަރު، ސިއްހަތު ރަނގަޅު ދުޅަހެޔޮ ދިރިއުޅުން، އިގްތިޞާދު ކުރި އެރުވުމާއި ވަޒީފާ އިތުރުކުރުން، ސަގާފަތާއި ތަރިކަ ރައްކާތެރިކުރުން. ފުދުންތެރި މުޖްތަމައެއް ބިނާކުރުން، މިންތީގެ ހަމަހަމަކަން އަދި ހިންގުން ހަރުދަނާ ކުރުމާއި އިދާރީ ކަންކަން ބެލެހެއްޓުން މިއެވެ.

މީގެކުރިން ހޯނޑެއްދޫ ކައުންސިލުންވަނީ ތަރައްގީގެ ޕްލޭން އެކުލަވާލުމަށް ސާރވޭއެއް ކުރުމަށްޓަކައި ބޭނުންވާ ވޮލަންޓިއަރުން ހޯދުމަށްވެސް އިއުލާން ކޮށްފައެވެ. މި އިއުލާނުގެ މުއްދަތު ހަމަވެފައިވަނީ މިއަދު މެންދުރުފަހު 14:00 ގައެވެ.