English Edition
Dhivehi Edition

ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ގދ.ތިނަދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ގދ.ނަޑެއްލާއިން މަސްތުވާ ތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ.

ޖޫން 15 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ނަޑެއްލާގެ ގެއެއް ބަލާ ފާސްކުރުމުން މަސްތުވާ ތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓްތަކެއް ވަނީ ފެނިފައެވެ.

ފުލުހުން ވިދާޅުވި ގޮތުގައި މިއޮޕަރޭޝަނުގައި ހައްޔަރުކުރެވުނީ އުމުރުން 32 އަހަރުގެ މީހެކެވެ. އެމީހާ ދިރިއުޅޭ ކޮޓަރިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓަކާއި އޭނާގެ ހަށިގަނޑުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ހަތަރު ރަބަރު ޕެކެޓު ހޯދާފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ގދ. ނަޑެއްލާ މެޖިސްޓްރޭޓް ކޯޓަށް ހާޒިކުރުމުން، މިނސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ފަސް ދުވަހުގެ މުއްދަތު ވަނީ ދީފައެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުޤީޤު ކުރަމުންނެވެ.