English Edition
Dhivehi Edition

ގދ. އަތޮޅުން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން ގިނަ ބަޔަކު ބަލިން ފަސޭހަ ވެއްޖެއެވެ،

ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު ގދ. އަތޮޅުގެ ރަށްތަކުން ޖުމުލަ 618 މީހުން މިހާތަނަށް ކޮވިޑަށް ފައްސި ވެފައިވާ އިރު އެތަނުން 297 މީހަކު ވަނީ ބަލިން ފަސޭހަ ވެފައެވެ. ފާއިތުވެދިޔަ 24 ގަޑިއިރުތެރޭ 32 މީހުން ވަނީ ބަލިން ފަސޭހަ ވެފައެވެ.

ގދ. އަތޮޅުގައި މިއަދު 25 މީހުން ވަނީ ބައްޔަށް ފައްސިވެފައެވެ. އެއީ ގދ. ތިނަދޫ އިން 21 މީހުންނާއި ގދ. ގައްދޫ އިން 04 މީހުންނެވެ.

މިވަގުތު ގދ. އަތޮޅުގައި ކޮވިޑް-19ގެ ބަލިމީހުން ތިބީ ތިނަދޫ، ގައްދޫ، ފަރެސްމާތޮޑާ އަދި ފިޔޯރީ ގައެވެ. ތިނަދޫގައި ބަލިން ފަސޭހަ ނުވާ 196 މީހުން ތިބި އިރު ގައްދޫގައި ތިބީ 88 މީހުންނެވެ. އަދި ފަރެސްމާތޮޑާގައި މިވަގުތު 36 މީހުން ބަލިން ފަސޭހަ ނުވެ ތިބި އިރު ފިޔޯރީގައި ހުރީ އެންމެ މީހެކެވެ.