English Edition
Dhivehi Edition

ގއ ވިލިނގިލީގައި ވޭތުވެދިޔަ 3 ދުވަސް ތެރޭގައި ޖުމްލަ 23 ކޭސް އެއް ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާ ކަމަށާއި އޭގެތެރެއިން، ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި 05 ފަރާތެއް ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް ވިލިނގިލި އީ.އޯ.ސީ އިން ރޭ ހާމަކޮށްފިއެވެ.

ރޭ އީ.އޯ.ސީ ސެޝަންގައި ވާހަކަދައްކަވަމުން ގއ އަތޮޅު ހޮސްޕިޓަލްގެ ކޮންޓެކްޓް ޓްރެސިން މަސައްކަތުގެ އެންމެ އިސް ރޯލެއް އަދާކުރަމުންދާ ނަޖްމީދް މުޙައްމަދު ވިދާޅުވީ، ވޭތުވެދިޔަ 3 ދުވަސްތެރޭގައި 23 ކޭސް އެއް ފެނިފައިވާ ކަމަށެވެ. އެއީ ވިލިނގިލި މަސްދޯންޏަކުން ފެނުނި 17 ކޭސްއަކާއި ހޯމް ކަރަންޓީން ގެއަކުން ޕޮޒިޓިވްވި 5 ކޭސްއަކާއި އަދި އިތުރު ހޯމް ކަރަންޓީން ގެއަކުން ޕޮޒިޓިވްވި 1 ކޭސް އެއް ކަމަށެވެ. މި ކޭސްތަކާއިކު ވިލިނިގިލީގައި ޕޮޒިޓިވްވި މީހުންގެ އަދަދު 101 އަށް އަރައެވެ.

އިތުރަށް ވާހަކަ ދައްކަވަމުން ނަޖްމީދު ވިދާޅުވީ، ވިލިނގިލި މަސްދޯންޏަކީ ކަރަންޓީނުގަ އޮތް ދޯންޏެއް ކަމަށާއި އެ ދޯނިން އިތުރު ފަރާތްތަކާއި ކޮންޓެކްޓްވެ، ކޮންޓެކްޓް ބަބުލް ބޮޑުވެ، މިހާތަނަށް 8 މީހުން ކޮންޓެކްޓް ވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ހޯމް ކަރަންޓީންގައި ޕޮޒިޓިވްވި 5 ކޭސްއަށް ބަލާލާއިރު، ފުރަބަންދަށް އައި ފަރާތެއް ވަކި ކޮޓަރިއެއްގައި އެކަހެރިކޮށްފައިވާއިރު ޕޮޒިޓިވްވެފައިވާ ކަމަށާއި ނަމަވެސް އިތުރަށް އެގެއިން ނެގި ސާމްޕަލްތަކެއްވެސް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

ކަރަންޓީން ގެތަކަށް ނުގޮސް ގައިދުރުކަން ބެހެއްޓުވުމުގެ އިތުރުން، ވީހާވެސް ތެދު މަޢުލޫމާތު ކޮންޓެކްޓް ޓްރެސިން ޓީމާއި ހިއްސާކުރުމަށް ނަޖްމީދުވަނީ އެދިފައެވެ. އަދި މިކަމުގައި ރައްޔިތުންގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާނެ ކަމަށްވެސް ނަޖްމީދު ވަނީ ވިދާޅުވެފައެވެ.

ވިލިނގިލީގައި ކޮވިޑް ފެތުރިފައިވަނީ ހޯމް ކަރަންޓީނު ކޮށްފައިވާ ފަރާތެއް ކަރަންޓީނާއި ހީލާފުވެ އެ ފަރާތާއި ޑައިރެކްޓް ކޮންޓެކްޓްވި ފަރާތްތަކެއް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ.