English Edition
Dhivehi Edition
ގދ. ފިޔޯރީ

ގދ. ފިޔޯރީ އިން ކޮވިޑަށް މީހަކު ފައްސި ވެއްޖެއެވެ.

ފިޔޯރީގައި ހޯމް ކަރަންޓީންގައި ހުރި ފަރާތެއް ކަރަންޓުންގެ މުއްދަތު ފުރިހަމަކޮށް ނެގި ރިލީޒިންގ ސާމްޕަލެއްގެ ފައްސި ނަތީއްޖާ ލިބިފައިވާކަމަށް ފިޔޯރީ ސިއްހީ މަރުކަޒުން ހާމަކޮށްފައިވެއެވެ.

ކޮވިޑް-19 އާއި ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާއި ގުޅުން ހުރި ފަރާތްތަކާއި އެކު މަޝްވަރާކުރެވެމުންދާ ކަމަށާއި މި ދަނޑިވަޅުގައި ހުރިހާ ރައްޔިތުން ކެތްތެރިމާއިއެކު އެޗް.ޕީ.އޭ އާއި ކޮވިޑް-19 ރަށު ޓާސްކް ފޯސް އަންގާ އެގުންތަކަށް ފުރިހަމައަށް އަމަލު ކުރުމަށް ސިއްހީ މަރުކަޒުން އެދިލައްވައެވެ.

ގދ. އަތޮޅުގެ ކޮވިޑް-19 ގެ ތަފާސް ހިސާބުތައް ދައްކާގޮތުން ތިނަދޫގައި 150 މިހުން، ގައްދޫގައި 85 މީހުން އަދި ފަރެސްމާތޮޑާގައި 39 މީހުން މިވަގުތު ބައްޔަށް ފައްސިވެ ފަރުވާ ހޯދަމުން ދެއެވެ.