English Edition
Dhivehi Edition

ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާއި ގުޅިގެން އެކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކުރުމާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ. މި އަމުރާއި ގުޅިގެން ހޯދަމުންދަނީ ސ.ހިތަދޫ/ ހައިސިންތުމާގެ، ޢަބްދުﷲ ނަސީމް (59އ) އެވެ. މިމީހާ ހޯދަމުންދަނީ، ބެންކްއޮފް މޯލްޑިވްސް އިން ދަޢުވާކުރާ ޙުކުމް ތަންފީޒުކުރުމުގެ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޟިރުނުވާތީ ބަންދުގައި ބަހައްޓައިގެން 2017 ޖޫން 1 ވަނަ ދުވަހު ކޯޓަށް ހާޒިރުކުމަށް ފުލުހުންގެ މައްޗަށް ނެރެފައިވާ އަމުރަކާއި ގުޅިގެންނެވެ. ވީމާ ޢަބްދުﷲ ނަސީމް އާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަމްބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިލައްވަވާފައެވެ