English Edition
Dhivehi Edition

ގދ.ތިނަދޫގައި ހުނނަ ސަދަން މެޑިކަލް ސެންޓަރ (އެސް.އެމް.ސީ) ކްލިނިކުން އޮންލައިންކޮށް ޑޮކްޓަރަށް ދެއްކޭގޮތަށް ހަމަޖައްސައިފިއެވެ.

އެކްލިނިކުން ބުނާ ގޮތުގައި އޮންލައިންކޮށް ޑޮކްޓަރަށް ދެއްކޭގޮތަށް ހަމަޖައްސާފައިވަނީ ތިނަދޫގައި ކޮވިޑް-19 ކޭސްތައް ގިނަވަމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ. އެހެންކަމުން މާދަމާ (13 ޖޫން 2021) އިން ފެށިގެން އޯޕީޑީ ބަލިމީހުން ބެލުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށް ކަމަށާއި އެހެންނަމަވެސް ފާމަސީގެ ޚިދުމަތް ކުރިޔެކޭ އެއްގޮތަށް ކުރިޔަށް ދާނޭ ކަމުގައި އެކްލިނިކުން ވަނީ ހާމަކޮށްފައެވެ.

އެ ކްލިނިކުން ވަނީ އެޕޮއިންޓްމެންޓް ހެއްދެވުމަށް ބޭނުންވާ މައުލޫމާތު 7210011 ވައިބާ ކުރައްވުމަށާއި ބޭންކް ޓްރާންސްފާ މެދުވެރިކޮށް ފައިސާ ދައްކަން ވަނީ އަންގާފައެވެ. އަދި ބަލިމީހާ ބަލަން ހަމަޖެހިފައިވާ ގަޑީގައި ޑޮކްޓަރު ގުޅާނެކަމަށްވެސް ކްލިނިކުން ވަނީ ހާމަކޮށްފައެވެ.

ރާއްޖޭގެ މަޝްހޫރު ކަށީގެ ޑޮކްޓަރު ޑރ. އަޙްމަދު އާޒިމް އަބްދުއްޝުކޫރު ފަރުވާދެއްވަމުން އަންނަ މިކްލިނިކަކީ ހުވަދުއަތޮޅުގެ ގިނަ އަދަދެއްގެ ރައްޔިތުންގެ ތަރުހީބު ލިބި، މިދެއަތޮޅުގެ(ގއ އަދި ގދ) އެންމެންގެ މެދުގައި މަޤްބޫލުކަން ހޯދާފައިވާ ތަނެކެވެ. މިކްލިނިިކުން އާސަންދައިގެ ޚިދުމަތް ލިބިގެންދާނެއެވެ.

އިތުރު މައުލޫމާތު ހޯއްދެވުމަށް 6840001 ނަންބަރަށް ގުޅުއްވާ!