English Edition
Dhivehi Edition

ކޮވިޑް19 ޖެހިގެން ހާލު ދެރަވި އުމުރުން 25 އަހަރުގެ ޒުވާނަކު ނިޔާވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވި އަންހެން މީހާއަކީ ފ.ނިލަންދޫ މޯނިންގްސަން ސަމިއްޔާ އަހުމަދުއެވެ. ނިލަންދޫގައި ހުއްޓައި ކޮވިޑް ޖެހިގެން، ހާލު ދެރަވާން ފެށުމުން ސަމިއްޔާ މާލެ ގެންގޮސް، ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާ ދޭން ފެށިއިރު އޭނާ އިނީ އަލަތު ދަރިފުޅަށް ބަލިވެއެވެ.

މިދިޔަ މަހުގެ 28 ވަނަ ދުވަހު، ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާ ދޭން ފެށިފަހުން އޭނާގެ ހާލު ސީރިއަސްވެ، އޭގެ އެއް ދުވަސް ފަހުން ސިޒޭރިއަން ހަދައިގެން ބަނޑުގައި އޮތް ދަރިފުޅު ވަނީ ނަގައިފައެވެ. ސާމިއްޔާ ވިހެއި ދަރިފުޅުގެ ހާލު ރަނގަޅު އިރު، ތުއްތުކުއްޖާ ކޮވިޑަށް ޕޮޒިޓިވްވެފައިވާ ނުވާކަމަށް މައުލޫމާތު ލިބެއެވެ

ރެއިން ފެށިގެން ސަމިއްޔާގެ ހާލު އިތުރަށް ސީރިއަސްވެފައިވާއިރު، އޭނާ ނިޔާވެފައިވަނީ މިއަދުގެ ވަގުތެއްގައެވެ.

މިއީ ކޮވިޑްޖެހިގެން ރާއްޖެ އިން ނިޔާވި އެންމެ ޒުވާން އަންހެން މީހާއެވެ. އަދި މި ބަލީގައި ދެ ވަނަ އަށް ނިޔާވި އެންމެ ހަގު މީހާއެވެ.

މީގެކުރިން ކޮވިޑް ބަލީގައި އުމުރުން 10 އަހަރުގެ ކުއްޖަކު ވެސް ވަނީ ނިޔާވެފައެވެ.