English Edition
Dhivehi Edition

ގދ. ތިނަދޫގައި ކޮވިޑް-19 އަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު 289 އަށް އަރައިފިއެވެ.

ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުން ހާމަކޮށްފައިވާ އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ގދ. ތިނަދޫގައި މިހާތަނަށް 289 މީހުން ކޮވިޑް-19 އަށް ފައްސިވެފައިވެއެވެ. މީގެތެރެއިން 183 މީހުން ބަލިން ރަނގަޅުވެ މިވަގުތު ފަރުވާ ހޯދަމުންދަނީ ގދ. ކޮވިޑް ފެސިލިޓީގައި އެޑްމިޓްކޮށްފައި އޮތް ދެ މީހަކާއެކު ޖުމްލަ 106 މީހުންނެވެ.

ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި ތިނަދޫގައި 20 މީހުން ބައްޔަށް ފައްސިވެފައިވާ އިރު 10 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. ފައްސިވި 20 މީހުންގެ ތެރޭގައި ހިމެނެނީ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަވެ ސާމްޕަލް ނެގި 19 މީހަކާއި ބައްޔަށް ޝައްކުކުރެވޭ އަލާމާތްތަކެއް ހުރެގެން ސާމްޕަލް ނެގި އެއް މީހެކެވެ.

ބައްޔަށް ޓެސްޓުކުރުމަށްޓަކައި ގދ. ތިނަދޫގައި ޖުމްލަ 3،578 ސާމްޕަލް ނަގާފައިވެއެވެ. އެތަނުން 58 ސާމްޕަލަކީ ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި ނެގި ސާމްޕަލެވެ. މިވަގުތު ނަތީއްޖާ ނުލިބި ހުރީ 181 ސާމްޕަލެވެ.