English Edition
Dhivehi Edition

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިސްލާމިކް ޕާސަނަލް ފައިނޭންސިންގެ ޝަރުތުތަކަށް ބީއެމްއެލް އިން ހެޔޮ ބަދަލުތަކެއް ގެނެސްފިއެވެ.

ބީއެމްއެލް އިން ބުނާގޮތުގައި މިބަދަލުތައް ގެނެސްފައިވަނީ ފައިނޭންސިން ހޯދުމުގައި ކަސްޓަމަރުންނަށް ލުއިފަސޭހަކަން ހޯދައިދިނުމުގެ ގޮތުން ކަމަށެވެ. އަދި މިހާރު ލުއި އެކްސްޕްރެސް ލޯނު ނަގާފައިވާ ފަރާތްތަކަށްވެސް ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިން އަށް އެދި ހުށަހެޅޭނެ ކަމަށާއި މުވައްޒަފުންގެ މުސާރައިގެ 5 ގުނަ އާ ހަމައަށް ފައިނޭންސިން އަށް އެދި ހުށައެޅުމުގެ ފުރުސަތު ލިބިގެންދާނެކަމަށް ބީއެމްއެލް އިން މައުލޫމާތު ދީފައިވެއެވެ.

ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިންއަށް އޮންލައިންކޮށް ނުވަތަ އީމެއިލް މެދުވެރިކޮށްވެސް ހުށަހެޅޭނެ ކަމަށާއި އެޕްލިކޭޝަން ހުށަހަޅާތާ 7 ދުވަސްތެރޭ ކަސްޓަމަރަށް މުދާ ލިބޭނެކަމަށް ބީ.އެމް.އެލް އިން ބުނެއެވެ.