English Edition
Dhivehi Edition

ގދ ހޯނޑެއްދޫ ބަނދަރުން މަސްދޯނިފަހަރަށް ޚާއްސަކޮށްގެން ވަޅުފެން ލިބޭގޮތަށް އިސްކުރު ބަރިއެއް ހެދުމަށް ބަޔަކާއި ހަވާލު ކޮށްފިއެވެ.

އެފް އެސް އެސް މޯލްޑިވްސް އާ ހަވާލުކޮށްގެން ކުރިޔަށްގެންދާ މި މަޝްރޫއުގެ ކޮންޓްރެކްޓް ގައިވާގޮތުން ބަނދަރު ފެން އިސްކުރުބަރީގެ އިތުރުން ރަށުގެ ދަނޑުވެރިކަންކުރާ ސަރަހައްދުގައި ފެންބޮޑުވާތީ އެތަނަށް ޖަމާވާ ފެން ބޭރުކުރުމަށް ހޮޅި އެޅުން ހިމެނެއެވެ. ހޯނޑެއްދޫއަކީ ކަނޑުއޮޅި ކައިރި ރަށަކަށްވެފައި މަސްދޯނިފަހަރުގެ އިންޖީނިއަރުން ތިބި ރަށަކަށްވުމުން އައްޑޫ ހުވަދޫގެ ގިނަ ދޯނިފަހަރު އައިސް ބަނދަރުކުރާ ރަށެކެވެ. އެހެންކަމުން ބަނދަރުން ވަޅުފެން ކުޑަ އަގެއްގައި ލިބޭނެ އިންތިޒާމް ހަމަޖެހުމަކީ މަސްވެރިންނަށް ލިބުނު ލުޔެއްކަން ޔަގީނެވެ.

މީގެ 2 އަހަރުކުރިންވެސް ހޯނދެއްދޫ ބަނދަރުން ވަޅުފެން ފޯރުކޮަށްދީފައިވެއެވެ. ނަމަވެސް އެއިރު ފެން ފޯރުކޮށްދީފައިވަނީ ބަނދަރާއި ދުރުގައި ހުންނަ އިސްކޫރަކުން ދިގު ހޮޅިއެއް ބޭނުންކޮށްގެންނެވެ. މިފަހަރުގެ އިސްކުރު ބެހެއްޓިފައިވަނީ ޖެޓީގެ ކައިރީގައެވެ.