English Edition
Dhivehi Edition
ފޮޓޯ: އެމްޓީސީސީ

އައްޑޫ ސިޓީ މީދޫ ބަނދަރު ތަރައްޤީ ކުރުމުގެ އަމަލީ މަސައްކަތް ނިމިފައިވާކަމަށް އެމްޓީސީސީން ބުނެފި އެވެ.

މި މަޝްރޫޢަކީ 23 ޖޫން 2019 ވަނަ އަހަރު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރ އިން މި އެމްޓީސީސީ އާއި ހަވާލުކޮށްފައިވާ މަޝްރޫއެކެވެ. މި މަޝްރޫޢުގެ އަގަކީ 5.36 މިލިއަން ރުފިޔާއެވެ.

މި މަޝްރޫޢުގެ ދަށުން، ސ. މީދޫ ބަނދަރު ފުންކުރުމާއި، ބަނދަރުގެ ނެރު ފުންކުރުމާއި، 621 މީޓަރު އެއްގަމު ތޮށި ލުމާއި، އެއްގަމު ތޮށި ވަށައިގެން 125،3 އަކަމީޓަރު ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި، ބަނދަރުގައި x11m 11m ގެ ރޭމްޕް އެއް ހެދުމާއި، ނެރުބައްތި ހަރުކުރުމާއި ބަނދަރު ސަރަޙައްދުގައި ބައްތި ހަރުކުރުމުގެ އިތުރުން، ބަނދަރުގައި މޫރިންގ ހުކްސް ހަރުކުރުމާއި، ބޮލާޑް ހަރުކުރުމުގެ މަސައްކަތްވަނީ ކޮށްފައެވެ.

މި ބަނދަރަކީ އާންމުކޮށް ރާއްޖޭގައި ތަރައްޤީކުރަމުން އަންނަ ބަނދަރުތަކުގެ ޑިޒައިން އާއި ތަފާތު ހިތްގައިމު ބަނދަރެކެވެ.މި ގޮތުން ވާ އައްސާ ކުޅި ތަކުގެ އިތުރުން ވާ އައްސާނެ ބޮލާރޑް ވެސް ވަނީ ހަރުކުރެވިފައެވެ. އަދި ބަނދަރުގެ ޑިޒައިން ކުރެވިފައިވަނީ ކުރިން މީދޫ ގައި ދިމާވި ބޮޑުދިޔައިގައި ރަށަށް ރާޅުއެރުމުގެ މައްސަލަ ދިމާނުވާނެ ގޮތަށް އުސްކޮށެވެ.

އެމްޓީސީސީގެ ފަރާތުން އައްޑޫ ސިޓީގެ ތަރައްޤީއަށް ގިނަ މަޝްރޫޢު ތަކެއްގެ އަމަލީ މަސައްކަތް ދަނީ ކުރަމުންނެވެ. މިގޮތުންހުޅުދޫ ބަނދަރު ތަރައްޤީ ކުރުމާއި، ހުޅުމީދޫ ބަހާއުއްދީން މަގު ހެދުމުގެ މަސައްކަތާއި، ހުޅުމީދޫ މިފްކޯ ބަނދަރު ތަރައްޤީ ކުރުމާއި، މީދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ އިތުރުން ހިތަދޫގެ ކުރީގެ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު ގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫޢުތަކަށް ގާތްގަނޑަކަށް 237 މިލިއަން ރުފިޔާ ޚަރަދުވާނެއެވެ. އަދި މިނޫނަސް އައްޑޫ ސިޓީގައި އިތުރު ތަރައްޤީގެ މަޝްރޫޢުތައް ކައިރި މުސްތަޤުބަލެއްގައި ފެށުމަށް ވަނީ ރޭވިފައެވެ.