English Edition
Dhivehi Edition

ގދ.ތިނަދޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މީހަކަށް ސީރިޔަސް އަނިޔާތަކެއް ލިބިއްޖެއެވެ.

ކާރެއް ކޮންޓްރޯލް ނުވެ މޫދަށް ވެއްޓި ހިނގި މިއެކްސިޑެންޓުގައި ކާރުގައި ތިބި ތިން މީހުންނަށްވެސް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ. އޭގެތެރެއިން އެކަކުގެ ހާލުދެރަވެ ޑރ.އަބްދުއްސަމަދު މެމޯރިޔަލް ހޮސްޕިޓަލުގައި ފަރުވާދެމުން އެބަގެންދެއެވެ.

ޑރ.އަބްދުއްސަމަދު މެމޯރިޔަލް ހޮސްޕިޓަލުން އޭޢޯ ނިއުސްއަށް މައުލޫމާތުދިން ގޮތުގައި މިއެކްސިޑެންޓްގައި އަނިޔާވި ތިން މީހުންގެ ތެރެއިން އެކަކުގެ ހާލު ސީރިޔަސްވެ ފަރުވާދެމުން ގެންދާ ކަމަށެވެ.

މިއަދު މެންދުރުގެ ވަގުތެއްގައި ކާރެއް ކޮންޓްރޯލްނުވެ މޫދަށް ވެއްޓި ހިނގާދިޔަ މިއެކްސިޑެންޓްގައި ސީރިޔަސް އަނިޔާތަކެއް ލިބިފައިވަނީ އުމުރުން 20 އަހަރާއި 30 އަހަރާއި ދެމެދުގެ ޒުވާނަކަށެވެ.

އެކްސިޑެންޓުގައި މޫދަށް ވެއްޓުނު ކާރަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ކެރޭނެެއްގެ އެހީގައި ކާރު ނެގުމުގެ މަސައްކަތްވެސް މިހާރު ދަނީ ކުރަމުންނެވެ. އަދި އެ ސަރަހައްދުގައި ފުލުހުންވެސް ހަރަކާތްތެރިވަމުން އެބަދެއެވެ