English Edition
Dhivehi Edition
އިންޑިއާގެ ބޮޑުވަޒީރު،ނަރެންދުރަ މޯދީ ރާއްޖެ ވަޑައިގަތުން

އައްޑޫސިޓީގައި އިންޑިއާގެ ކޮންސިއުލޭޓް ޖެނެރަލް އެއް ޤާއިމު ކުރަން އިންޑިއާގެ ކެބިނެޓުން ނިންމި ނިންމުމަކީ އެ ގައުމުގެ ނިންމުމެއް ކަމަށާއި އެކަމަށް ‘ކޮމެންޓް’ ނުކުރާނެ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ އިންޑިއާގެ މި ނިންމުމަށް ކޮމެންޓް ނުކުރާނެކަމަށާއި އެހެންނަމަވެސް ރާއްޖޭގެ ޤާނޫނުތަކާއި ވިއެނާ ކޮންވެންޝަނާއި އެއްގޮތަށް ޑިޕްލޮމެޓިކް މިޝަންތައް ގާއިމުކުރަން ލިބޭ ހުށަހެޅުންތައް ބަލައިގަންނާނެކަމަށެވެ.

އައްޑޫގައި ކޮންސިއުލޭޓެއް ގާއިމުކުރަން އިންޑިއާ އިން ނިންމައިފި

އައްޑޫސިޓީގައި އިންޑިއާގެ ކޮންސިއުލޭޓް ޖެނެރަލް އެއް ޤާއިމު ކުރަން އިންޑިއާގެ ކެބިނެޓުން ނިންމާފައިވަނީ އިއްޔެއެވެ،

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ޗެއާ ކުރެއްވި އިއްޔެގެ ޔޫނިއަން ކެބިނެޓްގެ ބައްދަލުވުމުގައި އެގައުމުން ވަނީ ރާއްޖެއަކީ އެގައުމުން ގެންގުޅެމުން އަންނަ “ނައިބަހުޑް ފަސްޓް ޕޮލިސީ” އާއި ސެކިއުރިޓީ އެންޑް ގްރޯތު ފޯ އޯލް އިން ދަ ރީޖަން (ސާގަރް)ގެ ދަށުން ވަރަށް މުހިންމު ގައުމެއްކަމުގައި ފާހަގަކޮށްފައެވެ. އަދި ވިޔަފާރީގެ ގުޅުން ވެސް ބަދަހި ދެ ގައުމަކީ ސަގާފީ ގޮތުންނާއި ދީނީ ގޮތުން އަދި އިތުރު ރޮނގުން ވެސް އެއްގޮތްކަމެއް އޮންނަ ދެގައުމުކަން ވަނީ ފާހަގަކޮށްފައެވެ.

1 ކޮމެންޓް
Addu H
މެއި 26, 2021
Addu ah rangalhuvaane kamah gaboolu kurevey.