English Edition
Dhivehi Edition
މަޖިލީހުގެ އިދާރާގައި ހިނގި އަލިފާނުގެ ހާދިސާ- ފޮޓޯ: އެމްއެންޑީއެފް

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

މި ހާދިސާގައި ރޯވެފައިވަނީ މަޖިލީގުގެ އިދާރާގެ ފުރަތަމަ ފަންގިފިލާގެ ވުޟޫކުރަން ބޭނުންކުރާ ތަނުގައި ހުރި ޑަސްބިނަކާއި ޓިޝޫ ފޮއްޓެއްގައިކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ.

ފަތިހު ހަތަރެއް ޖަހަން އުޅެނިކޮށް ހިނގި މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެ އެވެ. މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް އެފްއާރުއެސްގެ ސިފައިންނަށް ލިބިފައިވަނީ ދަންވަރު 03:53 ހާއިރު ކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ.

މަޖިލީހުގެ އިދާރާގެ ފާޚާނާއެއްގެ ތެރޭގައި ހުރި ޓީޝޫ އަޅާ އެއްޗެއްގައި މިދިޔަ ޖުލައި 31 ވަނަ ދުވަހު ވެސް ރޯވެފައިވެ އެވެ. އެ ފަހަރުގެ ހާދިސާއާ ގުޅިގެން މަޖިލީހުގެ ޖަލްސާތައް ދުވަސްކޮޅަކަށް މެދުކަނޑާލި އެވެ.

މި ފަހަރުގެ އަލިފާނުގެ ހާދިސާ ހިނގިއިރު މަޖިލީހުގެ މެމްބަރުން ތިއްބެވީ އެއްމަސް ދުވަހުގެ ޗުއްޓީއެއްގަ އެވެ. ދެން ޖަލްސާތައް ފަށާނީ އަންނަ މަހު އެވެ.