English Edition
Dhivehi Edition

ގއ. ވިލިނގިލީގައި ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހުންތަކެއް ފެނުމާއި ގުޅިގެން އެރަށަށް އަރާ ފޭބުން މަނާކޮށް މޮނިޓަރިން ހާލަތަށް ގެނެސްފިއެވެ.

ގއ. ވިލިނގިލީގައި ހޯމް ކަރަންޓީންގައި ތިބި 03 މީހެއްގެ އިތުރުން ޑައިރެކްޓް ކޮންޓެކްޓެއްގެ ގޮތުގައި ފާހަގަކުރެވުނު ފަރާތެއް ބައްޔަށް ފޮޒިޓިވްވުމާއި ގުޅިގެން ސިއްޙީ ގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް އެރަށް މޮނިޓަރިންގ ހާލަތަކަށް ގެނެސްފައި މިވަނީ މިރޭގެ ވަގުތެއްގައެވެ.

Advt

Advertisement

ފައްސިވި މީހުންގެ ތެރެއިން ހޯމް ކަރަންޓީންގައި ހުރި މީހަކު ކަރަންޓީން އުސޫލުތަކާއި ހިލާފުވެ، ޑައިރެކްޓް ކޮންޓެކްޓްވި މީހެއް ޕޮޒިޓިވްވެފައިވާ ކަމަށާއި އަދި ކޮންޓެކްޓްވި އިތުރު ފަރާތްތަކުގެ ސާމްޕަލްތައް ޓެސްޓް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ގއ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރ ޝަރީފް އަޙްމަދު އޭ.އޯ ނިއުސް އަށް މަޢުލޫމާތު ދެއްވައެވެ.

ގއ. ވިލިނގިލީގެ އިތުރުން ގއ. ގެމަނަފުށި އަދި ގއ. ދާންދޫވެސް މިވަގުތު ވަނީ މޮނިޓަރިންގ ހާލަތުގައެވެ.