English Edition
Dhivehi Edition

ގއ. ގެމަނަފުށިން އިތުރު 6 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ގެމަނަފުށީ ކައުންސިލުން މައުލޫމާތު ދެއްވި ގޮތުގައި މިފަހަރު ވެސް ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ ކުރީގެ ކޭސް އާއި ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ ފަރާތްތަކެކެވެ. މިއާއި އެކު މިހާރު ގެމަނަފުށީގައި އެކްޓިވް ކޭސްތަކުގެ އަދަދު މިވަނީ 17 އަށް އަަރާފައެވެ.

މިއީ ބަލީގެ އަލާމާތްތައް ހުރުމުގެ ސަބަބުން ނެގުނު 12 ސާމްޕަލްގެ ނަތީޖާއިން ޕޮޒިޓިވް ވެފައިވާ 6 ފަރާތެކެވެ. މިމަހު 13 ވަނަދުވަހު ރެންޑަަމް ސާމްޕަލެއް ޕޮޒިޓިވް ވުމާއި ގުޅިގެން ރަށް މޮނިޓަރިން އަށް ލެވިފައިވާއިރު، ގެމަނަފުށީގައި ދުވަހުން ދުވަހަށް އެކްޓިވް ކޭސްތައް ދަނީ އިތުރު ވަމުންނެވެ. އެހެންކަމުން، ކެއްތެރިކަމާއިއެކު ރައްޔިތުން ގޭގައި މަޑުކުރުމަށާއި، ރައްކާތެރިވެ ތިބުމަށް ގެމަނަފުށީ ކައުންސިލުން ރަށުގެ ރައްޔިތުންނަށް ވަނީ ގޮވާލައްވާފައެވެ.

މޮނިޓަރިންގެ އުސޫލާއި ހިލާފުވުމުގެ ސަބަބުން ވެސް ގެމަނަފުށިން ދެފަރާތެއް ޖޫރިމަނާ ކޮށްފައިވާއިރު ގއ. ދާންދޫއަށް ވެސް އަރާ ފޭބުން މަނާކޮށް އެރަށްވެސް ވަނީ މޮނިޓަރިންގ ހާލަތަށް ގެނެސްފައެވެ.