English Edition
Dhivehi Edition

ގއ. ދާންދޫއިން އިތުރު 04 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެ ޖުމްލަ އެކްޓިވް ކޭސްތަކުގެ އަދަދު 14 އަށް އަރައިފިއެވެ.

ދާންދޫގައި ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުން ދިއުމާއި ގުޅިގެން ކުރިއަށްގެންދާ ކޮންޓެކްޓް ޓްރޭސިން މަސައްކަތުގެ ތެރެއިން އިތުރު 04 ސާމްޕަލެއްގެ ނަތީއްޖާ ޕޮޒިޓިވްވެފައިވާ ކަމަށް ދާންދޫ ސިއްހީ މަރުކަޒުން ވަނީ އޭ.އޯ. ނިއުސް އަށް ކަށަވަރުކޮށްދީފައެވެ.

މި ކޭސްތަކާއި އެކު މި ވަގުތު ދާންދޫގައި ކޮވިޑަށް ޕޮޒިޓިވްވި މިހުންގެ އަދަދު 14 އަށް އަރައެވެ. މީގެ ތެރޭގައި ކުޑަކުދިންވެސް ހިމެނޭކަމަށް އޭ.އޯ. ނިއުސް އަށް ވަނީ މަޢުލޫމާތު ލިބިފައެވެ.

ގއ. ދާންދޫ ކޮވިޑް-19 އާއި ގުޅިގެން ސިއްޙީ ގޮތުން އިތުރަށް ބަލަންޖެހޭ ކަންތައްތައް ބެލުމަށް މީގެ ދެ ދުވަސް ކުރިން ވަނީ މޮނިޓަރިންގ ޙާލަތަށް ގެނެސްފައެވެ. މިވަގުތު ގއ. ދާންދޫގެ އިތުރުން ގއ. ގެމަނަފުށިވެސް ވަނީ މޮނިޓަރިންގ ހާލަތުގައެވެ.

ގއ. އަތޮޅުގެ ކޮވިޑް އެކްޓިވް ކޭސްތަކުގެ ތަފާތު ހިސާބުތަކަށް ބަލާލާއިރު ގއ. ދާންދޫގައި 14 މީހުން، ގއ. ގެމަނަފުށީގައި 10 މީހުން، ގއ. ކޫއްޑޫގައި 04 މީހުން، ގއ. ވިލިނގިލީގައި 03 މީހުން އަދި ގއ. ކަނޑުހުޅުދޫގައި އެކަކު ވަނީ ބައްޔަށް ޕޮޒިޓިވް ވެފައިވެއެވެ.