English Edition
Dhivehi Edition

އިތުރު ހަތަރު މީހަކު ޕޮޒިޓިވްވެ ގއ. ގެމަނަފުށިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 10 އަކަށް އަރައިފިއެވެ.

ގެމަނަފުށިން ޕޮޒިޓިވްވި މީހުންގެ ތެރެއިން އެއް ފަރާތަކީ ކުރީގެ ކޭސްއާއި ގުޅުންހުރި ފަރާތެއް ކަމަށާއި، އިތުރު 3 މީހުންނަކީ ހޯމް ކަރަންޓީނުގައި ތިބި ބައެއްކަމަށް ގެމަނަފުށީ ސިއްޙީމަރުކަޒުން ވަނީ ހާމަކޮށްފައެވެ. މިގޮތުން ފާއިތުވެ ދިޔަ ސައުވީސް ގަޑިއިރުތެރޭ ގެމަނަފުށިން ގިނައަދަދެއްގެ ބަޔަކު ޕޮޒިޓިވް ވެފައިވާއިރު، މިހާތަނަށް ޖުމްލަ 33 ސާމްޕަލް ނެގިފައިވާކަމަށާއި އޭގެތެރެއިން 14 ސާމްޕަލްގެ ނަތީޖާ އަދި މިހާތަނަށް ލިބިފައެއްނުވާ ކަމަށް ސިއްޙީ މަރުކަޒުން ބުނެއެވެ.

ގެމަނަފުށީގައި ކޮވިޑް 19ގެ ކޭސްތައް އިތުރުވެ ކޮމިއުނިޓީ ސްޕްރެޑަކަށް ގޮސްފައިވުމުގެ ސަބަބުން މުޅިރަށް ވަނީ ހާސްކަމެއްގެ ތެރޭގައެވެ.

މުޅި ރާއްޖެއަށް ބަލާލި ކަމުގައި ވިޔަސް މިފަހަކަށް އައިސް ކޮންމެ ދުވަހަކުވެސް އާދަޔާ ޚިލާފް އަދަދަކަށް ކޮވިޑަށް މީހުން ޕޮޒިޓިވް ވަމުން އަންނަ އިރު މިއަދު އެކަނި ވެސް ކޮވިޑް ޖެހިގެން 4 މީހަކު ރާއްޖެއިން ވަނީ މަރުވެފައެވެ.