English Edition
Dhivehi Edition

ގދ. ތިނަދޫގައި މިފަހުން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން 47 އިންސައްތައަކީ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަވެ ސާމްޕަލް ނެގުނު މީހުން ކަމަށް ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުން ހާމަކޮށްފިއެވެ.

މިފަހުން ގދ. ތިނަދޫގައި ކޮވިޑް ބައްޔަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު މިވަނީ 94 އަށް އަރާފައެވެ. އެއީ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަވެ ސާމްޕަލް ނެގުނު 44 (47 އިންސައްތަ) މީހުން، ބައްޔަށް ޝައްކުކުރެވޭ އަލާމާތްތަކެއް ހުރެގެން ސާމްޕަލް ނެގުނު 24 (25 އިންސައްތަ) މީހުން، ރެންޑަމް ސާމްޕްލިންގ ގޮތުގައި ސާމްޕަލް ނެގުނު 15 (16 އިންސައްތަ) މީހުން އަދި ހޯމް ކަރަންޓީން ފުރިހަމަކޮށް ސާމްޕަލް ނެގުނު 11 (12 އިންސައްތަ) މީހުންނެވެ.

ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުން ހާމަކޮށްފައިވާ އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ 14 ވަނަ ދުވަހުގެ 21:30އިން ފެށިގެން 15 ވަނަ ދުވަހުގެ 21:30އާއި ހަމައަށް ތިނަދޫގައި ޖުމްލަ 08 މީހުން ފައްސިވެ، 22 މީހުން ބަލިން ރަނގަޅުވެ، މިވަގުތު ބައްޔަށް ފަރުވާ ހޯދަމުން އަންނަ މީހުންގެ ޖުމްލަ އަދަދު މިވަނީ 55 އަށް ދަށްވެފައެވެ. މީގެތެރެއިން އެކަކަށް ތިނަދޫ ކޮވިޑް ފެސިލިޓީގައި އެޑްމިޓްކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ.

އެންމެފަހުން ފައްސިވެފައިވާ 08 މީހުންގެ ތެރޭގައި ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަވެ ސާމްޕަލް ނެގުނު 04 މީހުންގެ އިތުރުން ބައްޔަށް ޝައްކުކުރެވޭ އަލާމާތްތަކެއް ހުރެގެން ސާމްޕަލް ނެގުނު 02 މީހުން އަދި ހޯމް ކަރަންޓީން ފުރިހަމަކޮށް ސާމްޕަލް ނެގުނު 02 މީހުން ހިމެނެއެވެ.

ގދ. ތިނަދޫގައި މިހާތަނަށް ކޮވިޑް-19އަށް ޓެސްޓް ކުރުމަށްޓަކައި ޖުމްލަ 1،661 ސާމްޕަލް ނަގާފައިވެއެވެ. މީގެތެރެއިން ނަތީއްޖާ ނުލިބި 150 ސާމްޕަލެއް ވެއެވެ. އަދި ބައްޔަށް ޓެސްޓުކުރުމަށް ފާއިތުވެ ދިޔަ 24 ގަޑިއިރު ތެރޭގައި 23 ސާމްޕަލް ނަގާފައިވެއެވެ.

ބައްޔަށް ފައްސިވެފައިވާ މީހުންގެ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި މިހާތަނަށް ފާހަގަކުރެވުނު 382 މީހުން 177 ގެއެއްގައި ވަނީ ކަރަންޓީން ކުރެވިފައެވެ. މީގެތެރެއިން 05 ގެއަކީ ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި ކަރަންޓީން ކުރެވުނު ގެތަކެވެ.

ގދ. ތިނަދޫ މިދިޔަ މަހުގެ 24 ވަނަ ދުވަހު މޮނިޓަރިންގ އަށް ލީފަހުން ކޮވިޑް-19އަށް ފަރުވާ ހޯދަމުން އައި 37 މީހުން ވަނީ ބަލިން ރަނގަޅު ވެފައެވެ. މިވަގުތު ގދ. އަތޮޅުގެ ތިނަދޫގެ އިތުރުން ގދ. ގައްދޫ، ކޮވިޑް-19 އާއި ގުޅިގެން ސިއްހީގޮތުން އިތުރަށް ބަލަން ޖެހޭ ކަންތައްތައް ބެލުމަށް ވަނީ މޮނިޓަރިންގ އަށް ލާފައެވެ.

މީގެ އިތުރުން ގދ. ހޯނޑެއްދޫ އިން 02 މީހުންނާއި ގދ. މަޑަވެލިން އެކަކާއި ގދ. ވާދޫއިން އެކަކު ބައްޔަށް ފައްސިވެ ކޮންޓެކްޓް ޓްރޭސިންގ މަސައްކަތް ކުރިއަށް އެބަދެއެވެ.