English Edition
Dhivehi Edition

މުސްތަގުބަލާއި މެދު ވިސްނާ ކުރިއަށް ދިއުމުގެ އެންމެ ބޮޑު އެއް ސަބަބަކީ ދަރިފުޅު އެކްބިރް މަލިކުކަމަށް “ކުލްފީ ކުމާރު ބާޖެވާލާ” ގައި ސިކަންދަރުގެ ރޯލުން ގިނަ ބައެއްގެ މަގުބޫލުކަން ހޯދީއެކްޓަރު މޯހިތު މާލިކު 37، ބުނެފިއެވެ.

މޯހިތު އާއި އޭނާގެ އަނބިމީހާ އަދިތީ މާލިކް އަށް ފިރިހެން ކުއްޖަކު ލިބިފައިވަނީ މިދިޔަ އެޕްރީލްމަހުގެ 30 ވަނަ ދުވަހުއެވެ. “ބާނޫ މޭ ތޭރީ ދުލްހަން”ގެ ސެޓުން ދިމާވެ ލޯބީގެ ގޮތުން ގުޅުނު މި ދެ ތަރިންނަށް ދަރިއަކު ލިބުނު ކަން އަދިތީ އިންސްޓަގްރާމްގައި ހިއްސާކުރަމުން ބުނީ ދަރިއަކު ލިބުމަކީ ބޮޑު ނަސީބެއް ކަމަށާއި ހަޔާތުގެ އާ ދަތުރަށް ތައްޔާރުކަމަށެވެ.

ދަރިފުޅާއި އަދިތީގެ ފޮޓޯ އާއި އެކު މޯހިތު ހިއްސާކުރި ޕޯސްޓެއްގައި ބުނީ ދަރިފުޅު ދުނިޔެއަށް އުފަންވީ، މުޅި ދުނިޔެއަށްވެސް ބޮޑު ދަތިކަމެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި އެ އާއިލާއަށް އުފާވެރިކަމާއި އިތުރު ހިތްވަރެއް ދެމުންކަމަށެވެ. އަދި މުސްތަގުބަލާއި މެދު ވިސްނަންޖެހޭ ސަބަބަކަށް ދަރިފުޅުވެފައިވާކަމަށް މޯހިތު ވަނީ ބުނެފައެވެ.

މޯހިތުގެ މި ޕޯސްޓާއެކު ޓީވީ ތަރިންނާއި އޭނާ އާއި އަދިތީ އަށް ތާއިދުކުރާ ގިނަ ބަޔަކު އަންނަނީ އެ އާއިލާ އަށް މަރުހަބާ ކިޔަމުންނެވެ